ރައީސް ޑރ.މުހައްމަދު މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
07 Apr 2024 | 12:29
ބުލީ ކުރުން ފަދަ ކަންކަން ހުއްޓުވުމުގެ ސިޔާސަތު މެނިފެސްޓޯގައި އެބައޮތް: ރައީސް ޑރ.މުއިއްޒު

ޖިންސީ ފުރައްސާރަ އާއި ކުޑަކުދިންނަށް ބުލީކުރުން ފަދަ ކަންކަން ގިނަވެފައިވާ ކަމަށާއި އެކަންކަން ހުއްޓުވުމުގެ ސިޔާސަތު މެނިފެސްޓޯގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓު އަބްދުއްރަހީމް އަބްދުﷲ އާއި ފެލިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ޒާހިރުގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ގައުމުގައި ރައްކާތެރިކަން ގާއިމްކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށްވާއިރު، ޖިންސީ ފުރައްސާރައާއި، ކުޑަކުދިންނަށް ބުލީ ކުރުމާއި ގެވެށި އަނިޔާފަދަ ނޭދެވޭ އެތައް ކަމެއް ގައުމުގައި ހިނގަމުންދާކަމަށާއި، މިފަދަ ކަންކަން ހައްލު ކުރުމުގެ ސިޔާސަތުތައް މެނިފެސްޓޯގައި އެބަ އޮތް ކަމަށެވެ.

"މިކަން ރަނގަޅުކުރުމުގެ ސިޔާސަތު އަޅުގަނޑުމެންގެ މެނިފެސްޓޯގަ މިއޮތީ. އަޅުގަނޑު ބޭނުންވަނީ މުޅި މުޖްތަމައު އެކު އެކީގަ އެއްރޫހެއްގެ މިކަމުގަ މަސައްކަތް ކުރަން. މިކަންކަން ހައްލުކުރުމުގައި ގާނޫނުތައް އިސްލާހުކުރަން ޖެހޭ. ގާނޫނުތައް ހަދަންޖެހޭ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިކަން ކުރުމަށްޓަކައި އޯގާތެރި މުޖްތަމައެއް ބިނާކުރުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވަންޖެހޭކަމަށާއި، އެކަމަށް އެއްބާރުލުން ދޭނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ 93 ކެންޑިޑޭޓުން ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، އއ.ރަސްދޫ މިސްކިތެއްގެ ވުޟޫ ކުރާ ބައިގައި ކުޑަކުއްޖަކަށް ގަނާކޮށް، އަނިޔާކުރި މައްސަލަ ވަނީ ފެންމަތިވެފައެވެ.

މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނައިރު، ފުލުހުން ވަނީ އަނިޔާކުރިކަމަށް ތުހުމަތު ކުރެވޭ 13 އަހަރާއި 14 އަހަރުގެ ކުއްޖަކު ދެނެގަނެފައެވެ. ހަމައެއާއިއެކު މި މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ޓީމެއް ރަސްދޫގައި އިއްޔެ ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.