ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
07 Apr 2024 | 14:28
ދިގުމުއްދަތަށް ރިހެބިލިޓޭޝަނަށް ގެންދާ ކުދިން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ނެރެވޭނެ: ވަޒީރު އިހުސާން

 ދިގުމުއްދަތަށް ރިހެބިލިޓޭޝަން މަރުކަޒަށް ގެންދެވޭ ކުދިން 18 އަހަރުވުމުން ސިފައިންގެ އަދިި ފުލުހުންގެ މުއައްސަސާގެ ޚިދުމަތަށް 3 ނުވަތަ 5 އަހަރުގެ މުއްދަތަށް ނެރެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ވެށީގައި އުޅޭ ނުވަތަ ކުށަށް އަރައިގަންނަ ކުދިންނަށް ދޭންޖެހޭ ރިހެބިލިޓޭޝަން އަދި ސައިކޮލޯޖިކަލް ފަރުވާ މަރުކަޒުކޮށްގެން ދެވެނީ 15 އަހަރު ވީމަ ކޯޓު ހުކުމެއްގެ ދަށުންކަމަށެވެ. 

ރާއްޖޭގައި ކުށުގެ ވެށީގައި އުޅޭ އަދި ކުށަށް އަރައިގަންނަ 12، 13 އަދި 14 އަހަރުގެ ކުދިން ނިސްބަތުން ވަރަށްގިނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މީގެތެރެއިން ގިނަކުދިންނަކީ ހަރުދަނާ ބެލެހެޓުންތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވޭ އާއިލާތަކުގެ ކުދިން ކަމަށެވެ. މިކުދިންނަށް މުޖުތަމައުގައި ބައިތިއްބައިގެން ނުވަތަ އާއިލާ ކައިރީގައި ބައިތިއްބައިގެން ރިހެބިލިޓޭޓްކުރުމަކީ އެހާ ކާމިޔާބުކޮށް ކުރެވޭކަމެއް ކަމަކަށް ތަފާސްހިސާބުތަކުން ނުދައްކާއިރު މީގެ ނަތީޖާއެއްގެ ގޮތުން މިފަދަ ކުދިންގެ ސަބަބުން މުޖުތަމަޢުއަށް ނުރައްކާވެ އެކުދިން ކުށްވެރިންނަށް ވެގެން ދިޔުމުގރ އިތުރުނ އއެތަކެއް މައުސޫމު ކުދިންނާއި މުޅި މުޖުތަމަޢުއަށް މީގެ ނޭދެވޭ ގިނަ އަސަރުތަކެއް ކުރާނެ ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

މި ސަރުކާރުން  ޤާނޫނުގައި ބަޔާންކުރާ 15 އަހަރުގެ ލިމިޓް 12 އަހަރަށް ދަށް ކުރަން ނިންމާފައިވާ ކަމަށާއި، މި ނިންމުމުގެ ސަބަބުން ކުއްޖަކު ކުށުގެ މާހައުލަށް ހުށެހެޅި ކުށްވެރިއަކަށް ނުވަނީސް އެކުއްޖާ ކޯޓުއަމުރެއްގެދަށުން މަރުކަޒަކަށް ގެންދެވި ރިހެބިލިޓޭޓް ކުރެވި މުޖުތަމަޢުއަށް ބޭނުންތެރި ޒުވާނަކަށް ހެދޭނެ ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، އޭގެ ސަބަބުން، ކުށަށް އަރައިގަންނަ މި ކުދިންނަށް ދީނީ ތައުލީމާއި ތަރުބިއްޔަތު،މަސައްކަތްތެރިކަން، ޤައުމިއްޔަތު ފަދަ އެތައް ކަމެއް ހިމެނޭ ރެޖިމެންޓެޑް ސިސްޓަމެއްގެ ތެރެއިން ފަރުވާދީ، އެކުދިން ސަލާމަތް ކުރެވި، ހިތްވަރުގަދަ، ކެރޭ، ޤައުމަށް ފައިދާހުރި ޒުވާނުންނަށް ބަދަލުކުރެވޭނެކަމަށެވެ.

މީގެ އިތުރުންވެސް ވަޒީރު އިހުސާން ވަނީ، ދިގުމުއްދަތަށް އަދި ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރުމަށްޓަކައި ސަރުކާރުގެ ވިސްނުމަކީ މިކަމަށް ޚާއްސަ ރަށެއް “ހޯޕް އައިލެންޑް” ކަނޑައަޅައިތަރައްގީކޮށް މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށާއި، މިރަށުގައި ޗުއްޓީ ދުވަސްވަރު އެކުދިންގެ އާއިލާ ތަކަށް ޒިޔާރަތްކުރެވި އާއިލާއާއި އެކު ގުޅުންބަދަހި ކުރެވޭނެ ފެސިލިޓީތައް ޤާއިމު ކުރިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ހއ.ހޯރަފުށީގައި ހުރި ކުޑަކުދިންގެ ރީހެބިލިޓޭޝަން ސެންޓަރ ހުޅުވައި، ހިދުމަތްދޭން ފަށާނެ ކަމަށް ވެސް ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު، ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ޢުމުރު 15 އަހަރުން، 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރޭގައި އިއުލާންކޮށްފައިވާއިރު، ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވަނީ އީދު ބަންދު ނިންމާފައި، ހަފްތާއެއް ތެރޭ ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ޑްރާފްޓު ކުރުމަށް ފަހު މަޖިލީހަށް ހުށައަޅާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.