ރޭގެ ޖަލްސާގައި ސަޢީދު ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
08 Apr 2024 | 11:06
“ތިން އިމާރާތް އެޅޭ އަގުގައި މިލަދޫގައި އެއް އިމާރާތް އަޅާފައި އެބަހުރި؛ މިއީ މިސްރާބު ހަމަވެފަ ހުރި ވަރު”

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ތިން އިމާރާތް އަޅައި ނިންމޭނެ އަގުގައި ނ.މިލަދޫގައި އެއް އިމާރާތުގެ “ސްކެލެޓަން” އަޅާފައިވާ ކަމަށް ވިދާޅުވެ، އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު އެ ސަރުކާރަށާއި އެމްޑީޕީއަށް ވަރަށް ބޮަޑަށް ފާޑުވިދާޅުވެއްޖެއެވެ. 

ކުރއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހޯރަފުށީ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަލީ މޫސަގެ ރޭ ބޭއްވި ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން މިލަދޫގައި 9 މިލިއަން ރުފިޔާ ދީފައި އަޅާފައިވަނީ އިމާރާތެއްގެ ތޮށި ގަނޑު އެކަނި ކަމަށެވެ. 

މިލަދޫގައި 9 މިލިއަން ރުފިޔާއަށް އެބަހުރި އިމާރާތެއް އަޅާފައި. އިމާރާތެއް އެޅިއިރުގައި އޭގެ ސްކެލެޓަން ހުރީ ހަމައެކަނި. 9 މިލިއަން ރުފިޔާއަށް އޭގެ ތިން އިމާރާތް އެޅޭނެ. އަޅުގަނޑު މި ދަންނަވަނީ މިސްރާބު ހަމަ ވެފައި ހުރިވަރު. އެއްވެސް މިސްރާބެއް، ހިނގާފައި ދާއިރުވެސް މިސްރާބަކަށް ނުދެވޭ ބައެއް، މިސްރާބުގެ ވާހަކަ ދެއްކީމަ އަޅިގަނޑުމެން ދާއިރާގެ މީހުންނަށް ކަމަކު ނުދާނެ. 

އިކޮނަމިކް މިނިސްޓަރު މުހައްމަދު 

މިއާއެކު ސަޢީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަން ނިންމަވާލެއްވިއިރު ކަންކަން ނުނިމި، މޭޒު ކޮޅުގައި އޮތީ “ހުސް ކަރުދާސް” ކަމަށެވެ. އަދި އެ ވެރިކަން ބަދަލު ކުރީ ކަންކަން ނުނިމި، މިސްރާބުން ނެއްޓިގެން ދިޔުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން، އެ ސަރުކާރުގެ ދެތިން ހަތަރު ބޭފުޅުން މީސްމީޑިޔާގައި ދައްކަވާ ވާހަކަ އަކުން ރާއްޖެ ގުޑުވާ ނުލެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ދިފާއުގައި ޕީޕީއެމް/ ޕީއެންސީ އާއި ދިވެހި ރައްޔިރުން އެންމެ އިންޗިއެއްވެސް ދޫކޮށް ނުލައްވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. 

އަޅުގަނޑުމެން މި ރާއްޖެ ބަދަލު ކުރާނީ މުއްސަނދި ރާއްޖެއަކަށް. ރައީސް މުޢިއްޒުގެ އެ އެނާޖީ އެބަހުރި. މިއަދު ގާތްގަޑަކަށް 1000 އަށްވުރެ ބޮޑެތި ކުންފުނިތަކުން ހޯރަފުށި މެޕްގައި ފާހަގަ ކޮށްފައި އެހުރީ. ދުނިޔޭގެ އެންމެ ބޮޑު ބަންކަރިންގެ ވިޔަފާރިކުރާ ކުންފުނި، ވިޓޯލްގެ މެޕަށް އެއޮތީ ރަސްމީކޮށް ރާއްޖެ އަރާފައި. މިއީ ރާއްޖޭގެ ހިސްޓްރީގައި ދުވަހަކުވެސް ވީ ކަމެއް ނޫން.

އިކޮނަމިކް މިނިސްޓަރު މުހައްމަދު 

ސަޢީދު ވިދާޅުވީ ވިޓޯލްގެ ޗާޓަށް ރާއްޖެ އެރުވުމަށް މީގެ ކުރިންވެސް ރައީސުން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ. ރައީސް މުޢިއްޒާއި އެނޫން ރައީސުންނާއި ހުރި ތަފާތަކީވެސް އެއީ ކަމަށް ސައީދު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.