ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ވޮއިސް
ހަބަރު
08 Apr 2024 | 13:05
ރައީސް ޔާމީނު ޖަލުގައި އޮތް އިރު މެޑަމް ފާތުން އެންމެ މުޒާހަރާއަކަށް ވަޑައިނުގަތީ ކީއްވެގެންތޯ: އަބްދުއްރަހީމް

ކޮރަޕްޝަން ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި އޮންނެވިއިރު، ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދިޔަ އެންމެ މުޒާހަރާއަކަށް ވެސް ރައީސް ޔާމީން ގެ އަނބިކަބަލުން  މެޑަމް ފާތުން ވަޑައިނުގަތީ ކީއްވެތޯ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީން ބޭއްވި ޕެނަލް ޑިސްކަޝަންގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނަކީ  ރައީސް ޔާމީނަށް އިހުލާސްތެރި ބޭފުޅުން ކަމަށާއި، މީގެ ކުރިން ވެސް ސިޔާސީ ބޭފުޅުން ހައްޔަރު ކުރުމުން އެބޭބޭފުޅުންގެ އަނބިކަބަލުން ނުކުތްކަމަށެވެ.

"އަޅުގަނޑުމެން ދުށިން މައުމޫން ޖަލަށްލީމައި، ނަސްރީނާ ނިކުތް ތަން. ގާސިމް ހައްޔަރު ކުރުމުން ނަހުލާ ވެސް ނިކުތް ތަން. ނާޒިމާއި އަބްދުالله ރިޔާޒް، މަހުލޫފް ޖަލަށް ލީމައި ވެސް އެބޭފުޅުންގެ އަނބިކަނބަލުން ނިކުތްތަން. އިމްރާން ހައްޔަރު ކުރީމަ އޭނާގެ އަނބިކަނބަލުން ނިކުމެވަޑައިގެންނެވި. އެހެންވެ، އަޅުގަނޑު ސުވާލު އުފައްދަން، ރައީސް ޔާމީން އެހާ ދުވަހު ޖަލުގައި އޮންނެވި އިރު މެޑަމް ފާތުމް ވަޑައިނުގެންނެވީ ކީއްވެގެން ތޯ. ޒޭން ވަޑައިނުގެންނެވީ ކީއްވެގެން ތޯ."

އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، މިބޭބޭފުޅުން މުޒާހަރާތަކަށް ވަޑައިނުގަތްއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ގައި ތިބި ފަރާތްތަކަށް ކިޔޭނެ ފާޑެއް ނޯންނާނެ ކަމަށެވެ. 

މީގެ އިތުރުންވެސް އަބްދުއްރަހީމް ވިދާޅުވީ، އިތުބާރު ނުހިފޭ މީހުން ދައްކާ ވާހަަކައިގެ މައްޗަށް ބުރަވެ، ކަން ކުރީމަ އޭގެ ހުރިހާ ގެއްލުމެއް އަންނާނީ ގައުމާއި ރައްޔިތުންނަށް ކަމަށާއު މަޖިލީހުގެ އިންތިހާބު މިހާ ގާތްވެފައި އޮތްއިރު، 2023ގައި ނިންމި ނިންމުން ދަމަހައްޓަން ރައްޔިތުން ފުންކޮށް ވިސްނުމަކީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ކޮމެންޓް
ވ
ތިވާހަކަތައް ދައްކަވާ ޭފުޅުއްގެ.އެއްވެސް ބުރަދަނެއްހުރިކަން ފެންނާކަށްނެތް އެހެންނަމަ ޔާމީނު ހުންނެވީހީ މިނިވަންވެފަ ވީމަތިވާހަކަ ދެއްކުމެށްރީ ެއްނޫ
08 Apr 2024
ޢަނގަ ގަދަ
ޔާމީނުގެ ބާރު އޮވެގެން ކުރި ވެރިކަމުގަ ދހަރިއަކަށް މިނިސްޓަރްކަމަށް ނުކެރުނު ދޯ ؟
08 Apr 2024
އިއްބެ
އެއީއަދުރޭދެކެބިރުން
08 Apr 2024
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.