ރައީސް ޑރ.މުހައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Apr 2024 | 09:49
މިއަންނަ އަހަރު އަދި އަޟްހާ ޢީދަށް ދިއްލާ ރަށްތައް މިއައްވުރެ ގިނަ ކުރާނަން: ރައީސް ޑރ.މުޢިއްޒު

މިއަންނަ އަހަރު އަދި އަޟްހާ ޢީދަށް ދިއްލާ ރަށްތައް މިއައްވުރެ ގިނަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި، ރައީސް ޑރ.މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގައިވާ ފަދައިން ފިތުރު ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުން ޢީދު ލައިޓް ހަރުކުރުމަށް އެދެމުންދާ ކަމަށާއި، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރަށްތައް އިތުރުކުރާނެ ކަމަށެވެ.

" މިހާރުވެސް ވަރަށް ގިނަ ރައްތަކުން ރިކުއެސްޓް އާދޭ އެ ރަށްތަކުގައި ޢީދު ލައިޓް ހަރުކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، މިއަންނަ އަހަރަށް އަދި އަޟްހާ ޢީދަށް ރަށްތައް މިއައްވުރެ ގިނަ ކުރާނަން. އެހެންވީމަ ކުޑަކުދިން، ޢާއިލާތަކުން ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދު އޭގެ ފުރިހަމަ ގޮތުގައި ފާހަގަ ކުރައްވަވާ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ހިޔާލު ތަފާތުވުންތަކެއް ހުރިނަމަވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އެކުގައި، އެއްބައެއްގެ ގޮތުގައި ޢީދު ފާހަގަކުރަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ޢީދުގެ އުފަލުގައި ބައިވެރިވެ ޢީދުގެ އުފާ ފާޅުކުރަން ޖެހޭ ކަމަށެވެ. 

ޢީދަށް ރަށްތައް ދިއްލުމަށްވެސް ނިންމެވީ މިފަދަ ސަބަބުތަކަށްޓަކައި ކަން ފާހަގަކުރައްވާ ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިއަހަރު ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ އުފާ ކުރައްވާކަމެއް ކަމަށާއި އަންނަ އަހަރު މިއަށް ވުރެ ގިނަ ރަށްތައް ދިއްލާލުމަށް ގަސްތުކުރައްވާކަމަށެވެ.

ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅުގެ ދަށުން ރާއްޖޭގެ ސިޓީ ތަކާއި އަތޮޅު ކައުންސިލް ހިމެނޭ ރަށްތަކުގެ އިތުރުން މާލެ އާއި ހުޅުމާލެ ވެސް ވަނީ ޢީދާއި ގުޅޭ ކުލަ ބޮކި ތަކުން ޒީނަތްތެރިކޮށް، ދިއްލާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.