ފިޠުރު ޒަކާތް ދެއްކުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
09 Apr 2024 | 10:31
މާލޭގައި ފިޠުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް 8،000 ރުފިޔާ ބަހަނީ

މިއަހަރު މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8000 ރުފިޔާގެ މަގުން ބަހަން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މާލެއަށް ފިޠުރު ޒަކާތް ދެއްކި އަދަދުވަނީ އިތުރުވެފައިކަމުން، މާލޭގައި ފަޤީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް މިއަހަރު 8،000 ރުފިޔާގެ ރޭޓުން ފިޠުރު ޒަކާތް ބަހަން ފަށާފައިވާ ކަމަށެވެ.

ފިޠުރު ޒަކާތުގެ ފައިސާ ޖަމާވާނީ ސީދާ ސީދާ އެމީހެއްގެ އެކައުންޓަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށާއި، ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިޠުރު ޒަކާތުން ލިބޭނެ ކަމަށެވެ.

"އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބޭނެ. ކުޑަކުދިންގެ ހިޔާއާއި ޚާއްޞަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިޠުރު ޒަކާތުޖް ލިބޭނެ."

ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އިތުރުން، ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތި ބެހުމުގެ މަސައްކަތް ވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރަމުން އަންނަަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.