ވަޒީރު ހައިދަރު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
09 Apr 2024 | 12:14
ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ލިޔުމެއް ދީފި

މިދިޔަ ސަރުކާރުގެ "ބިންވެރިޔާ ސްކީމް" ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ބިން ލިބުނު ފަރާތްތަކަށް ލިޔުމެއް ފޯރުކޮށްދީފިއެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން ބުނީ، ބިން ދޫކުރާނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމުގެ ގޮތުން ދޫކުރި ލިޔުމަކީ ވަޒީރު ޑރ. ޢަލީ ހައިދަރުގެ ނަމުގައި ދޫކުރި ލިޔުމެއް ކަމަށާއި، މިލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ ސަރުކާރުގައި ބިން ނުހިއްކާ ދޫކުރި ތަންތަނުން ގޯތި ދޫކޮށްފައިވާއިރު، އެކަމާއި ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބިން ނުހިއްކާ ސަރަޙައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށްވެސް ގޯތި ލިބުނުކަމުގެ ވަގުތީ ލިޔުމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.

ކޮމެންޓް
Aminath mohamed
ކޮބާހޭ އަހަރުމެންގެ ފުލެޓް ތަކުގެ އަޕްޑޭޓް މިނިސްޓަރ
09 Apr 2024
ގުޅޭ ލިޔުންތައް
03 Jul 2026
ވަޒީރު އެދިވަޑައިގަތީ ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރުމުގެ ގައުމީ މިޝަން ކާމިޔާބުކުރުމަށް
ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
03 Jul 2026
ރަޝިޔާގެ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިންޑިއާއިން ތެޔޮ ގަންނަން ފަށައިފި
އިންޑިއާއަކީ ރަޝިޔާގެ ސާފުނުކުރާ ތެޔޮ އެންމެ ގިނައިން ގަންނަ އެއް ޤައުމެވެ
03 Jul 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
މިގޮތަށް ހުއްދަ ދެވޭނީ ސިއްޙީ ވުޒާރާގައި ނުވަތަ ރާއްޖެއިން ބޭރުގެ ކަމާބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްޙީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ ލިޔުމަކަށް ރިއާޔަތްކުރުމަށްފަހު، އެ އިދާރާއެއްގެ ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔާ އަށެވެ.
03 Jul 2026
ސިވިލް ސަރވިސް މުވައްޒަފުންނަށް 30 މިނިޓުގެ 'ބަފަރ ޓައިމް'
ދިވެހި ސިވިލް ސަރވިސްގެ ގެނައި އިޞްލާޙުގައިވާ ގޮތުން، ބަފަރ ޓައިމަކީ އިތުރު ހުއްދައަކާ ނުލައި މަސައްކަތު ގަޑި އެޖަސްޓުކުރުމަށް މުވައްޒަފުންނަށް ލިބޭ ވަގުތެކެވެ.
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.