ރޭގެ ކެންޕެއިން ޖަލްސާގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ- ފޮޓޯ/ އެމްޑީޕީ
ހަބަރު
11 Apr 2024 | 11:15
މަތިން އޯޑަރެއް ނާންނަނީސް ފުލުހުންނާއި ސިފައިންގެ ފައުޖެއް މަސައްކަތެއް ނުކުރާނެ: ރައީސް ޞާލިހު

މަތިން އަންނަ އޯޑަރަކަށް މެނުވީ ސިފައިންނާއި ފުލުހުންގެ ފައުޖެއް، މަސައްކަތް ނުކުރާނެ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިހެން ވިދާޅުވެފައި ވަނީ، މިމަހު ނުވަ ވަނަ ދުވަހުގެ ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ އާންމު ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި އެ ސްކޫލްގެ ހުއްދަ ނެތި ބާއްވަން މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެސްއޯ ފުލުހުން ނެރެ ބާރުގެ ބޭނުންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ އެންގުމާ ޚިލާފަށް، އެއްގޮކަށްވެސް އެސްއޯ ފުލުހުން ފޮނުވައިގެން ނުވާނެކަމުގެ “ކްލިއަރ އިންސްޓްރަކްޝަންސް” ދެއްވާފައިވަނިކޮށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފުވައްމުލަކު މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރައީސް މުޢިއްޒަށް އެނގިވަޑައިނުގެން، އަދި އެމަނިކުފާނު ނާންގަވަނީސް އެފަދަ ކަމެއް ހިނގުމަކީ ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އަދި މިގައުމުގެ ސިފައިން ވެސް ފުލުހުން ވެސް އޯޑަރާއި ހިލާފަށް އަމަލުނުކުރާނެ ކަމަށާއި، އެއީ ޔަގީން ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ފުލުހުންގެ އެއްވެސް އިސް ބޭފުޅަކަށް އެނގިވަޑައިނުގަންނަވާ. މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ. ރައީސްއަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވަނީ އެކަން ހިނގިވާހަކަ. މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭ ކަމެއް. އެކަމަކު އަޅުގަނޑަކީ ވެސް ރާއްޖޭގެ ވެރިކަން ފަސް އަހަރުކޮށްފައި ހުރި މީހަކަށްވާތީވެ އަޅުގަނޑަށް ހަމަ ޔަގީން ފުލުހުން ވެސް ސިފައިން ވެސް އޯޑަރަށް ނޫން ގޮތަކަށް އެމީހުން އަމަލެއް ނުކުރާނެ. އެ ހަމަ ޔަގީންކަމެއް. މިހެން ދެންނެވިއަސް ބައެއް ވަކިވަކި އިންޑިވިޖުއަލް މީހުން ތިބެދާނެ. ބައެއް ކަންތައްތައް ކުރަން. އެހެންނަމަވެސް ޖުމްލަކޮށް އެސްއޯ ފުލުހުން ވެސް ޓްރެފިކް ފުލުހުންވެސް އަދި ސިފައިންގެ ފައުޖެއް ވެސް އަމަލެއް ނުކުރާނެ މަތިން އޯޑަރެއް ނާންނަނީހެއް. އެހެންވީމަ ނޭނގޭ ވިދާޅުވެ ޑިމޮކްރަސީއަށް އެޅި ހުރަސް އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން.

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު، އެމްޑީޕިންވެސް މެންބަރުން ތަކެއް ވަކިވެވަޑައިގެން، ޕާޓީއެއް އުފެއްދެވި ކަމަށެވެ. އަދި އެޕާޓީ އުފެއްދުމަށް މުވައްސަސާ ތަކަށް ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށާ، އެހެން ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބޭއްވުމަށްޓަކައި ދޭންޖެހޭ ހުރިހާ އެހީތެރިކަމާއި، އެއްބާރުލުމެއް ދެއްވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރައީސް ސާލިހު ވިދާޅުވީ ފާޑު ކިޔުމާއި، ބަސް ބުނުމުގެ ފުރުސަތު ރައްޔިތުންނަށް ނުދީ، ރައްޔިތުންގެ އަޑުނާހާ ކަމަށްވާނަމަ ތިބެންޖެހޭނީ ދުރުގައި ކަމަށެވެ.

އަޅުގަނޑު ފަސް އަހަރު ވެރިކަންކޮށްފައި ފައިބައިގެން މިއައީ. އަޅުގަނޑުމެންގެ ތެރެއިން ވެސް ބަޔަކު ނުކުމެ ޕާޓީއެއް ހެދި. އެއްވެސް ދަށްޗެއް ނެތި އެހުރިހާ ކަމެއް ކުރަން ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން އަޅުގަނޑުމެން އެއްބާރުލުން ދިނިން. އަދި އެހެން ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބޭއްވުމަށްޓަކައި ވާންޖެހޭ ހުރިހާ އެހީތެރިކަމެއް ކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެންގެ ސަރުކާރުން ކޮށްދީފައި ވާނީ. އެއީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތަކީ. އަޅުގަނޑުމެންނާ ދިމާލަށް ފާޑު ކިޔޭނެ. ކިޔަންޖެހޭނެ. ރައްޔިތުން އިންތިޚާބުކޮށްފައި ހުންނަ ޕަބްލިކް ސަރވިސްގައި ހުންނަ މީހަކާއި ދޭތެރޭގައި ރައްޔިތުންނަށް އެއްޗެހި ކިޔޭނެ. ބުނެވޭނެ ފާޑު ކިޔޭނެ. އެމީހެއްގެ ޕާސަނަލް މާ ބޮޑު ދާއިރާއެއް ނޯންނާނެ. އެކަން ގަބޫލުކޮށްގެން އެކަހަލަ މަގާމުތަކަށް އަޅުގަނޑުމެން އަންނަންޖެހޭނީ.

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައީސް ސާލިހު އިތުރަށް ވިދާޅުވީ މިމައްސަލަ ރައްޔިތުން މަޖިލީހުން ބަލަންޖެހޭ ކަމަށާއި، މިކަން ހިނގާދިޔަ ގޮތް ސާފުކުރަންޖެހޭ ކަމަށެވެ. އަދި 241 ކޮމެޓީން މިމައްސަލަ ބަލާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ސުލްތާނާ
އިބޫ ކައިރީ ބުނޭ މާގިނަ ވާހަކަ ދައްކަންޔާ ސޯޓުބޭލިދާނޭ...
11 Apr 2024
ޒާހިރު
އެމްޑީޕީ ގެވެރިކަމުގައި ސިފައިންނާއި ފުލުހުން ރައްޔިތުންނަށް ދިން އަނިޔާ ތަކަކީ އެމަނިކުފާނުގެ އޯޑަރަށް ކުރިކަންތައްތައްކަމަށް އެއްބަސްވީތާ!
11 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.