މ. ރަބީއުވިލާގޭގައި ރޯވި އަލިފާން-- ފޮޓޯ: ވޮއިސް
ހަބަރު
11 Apr 2024 | 13:42
ރޭ އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލަނީ

ރޭގައި އަލިފާނުގެ ހާދިސާއެއް މ. ރަބީއުވިލާގެ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ގެޔަކީ މީހުން ނޫޅޭތާ ގިނަ ދުވަސްވެފައިވާ ބޮލަށް ވެއްޓޭވަރަށް ބާވެފައިވާ ގެޔެއް ކަމަށެވެ.

އެހެންކަމުން އެހިސާބުގެ މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާ ހިނގުމަށް މެދުވެރިވެދާނެތީ، ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާއި ވާހަކަދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ކެނެރީމަގުގައި ހުންނަ ރަބީއުވިލާގޭ ހަތަރު ވަނަ ފަންގިފިލާގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް ގެ ވަނީ ވަރަށް ބޮޑަށް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެމްއެންޑީއެފުން ބުނި މި ހާދިސާގެ މައުލޫމާތު ލިބުނީ ރޭގައި 20:19 ހާއިރު ކަމަށާއި، އެ ރިޕޯޓު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ސާވިސްއިން ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފެށިކަމަށެވެ. އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރޭ 21:12 ހާއިރުއެވެ.

ކޮމެންޓް
ހަސަނު
ޕާޓޭ އީސަ މެން ފަތްބޯންބޭނުންކުރާ ބިލްޑިންގ އެއް އެއީ
11 Apr 2024
ގުޅޭ ލިޔުންތައް
03 Jul 2026
ކޮރަޕްޝަނުގެ ނުބައިކަން
ޚާއްޞަކޮށް ރިޝްވަތުގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ، ރިޝްވަތަކީ ޙައްޤުނޫން އެއްޗެއް ހޯދުމަށް ދެވޭ އެއްޗެއް ކަމަށާއި، ރިޝްވަތުދޭ މީހާއާއި ހިފާ މީހާއަށް ރަސޫލާ ﷺ ލަޢުނަތްލެއްވި ކަމަށެވެ. އަދި ކިތަންމެ ކުޑަ މިންވަރަކަށް ޚިޔާނާތްތެރިވި ނަމަވެސް، ޤިޔާމަތް ދުވަހު އެ ޚިޔާނާތާއިގެން އެމީހަކު އަންނަން ޖެހޭނެކަން ޙަދީޘް ބަސްފުޅުތަކުން އެނގޭ ކަަމަށް ބުންޏެވެ.
03 Jul 2026
މިރޭ ހުޅުމާލޭގައި ހަވާ އަރުވަނީ
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 22:00 ހާއިރު ހުޅުމާލޭގެ އިރުމަތީ ފަރާތުގައެވެ. މި ހަރަކާތް ގާތްގަނޑަކަށް 3 މިނެޓުގެ ވަގުތަކަށް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
03 Jul 2026
ޕެނަލްޓީ ޖެހުމުގެ ކުރީން ރޮނަލްޑޯ ދެފަހަރު "ބިސްމި" ކި؟
ޕެނަލްޓީ ޖެހުމުގެ ސިކުންތުކޮޅެއް ކުރިން ރޮނަލްޑޯ އަމިއްލަ ނަފްސާ ވާހަކަދައްކަނިކޮށް ފެނުނުއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ އެވަގުތު ދެ ފަހަރަށް ކިޔާފައިވަނީ "ބިސްމިިالله" އެވެ.
03 Jul 2026
ޚާމަނާއީގެ ޖަނާޒާގައި ދަރިކަލުން ބައިވެރިވެވަޑައެއް ނުގަންނަވާނެ: ރިޕޯޓް
އިންޑިއާގައި ހުންނަވާ އާޔަތުالله ޚާމަނާއީގެ މަންދޫބު، އާޔަތުالله ޙަކީމް އިލާހީއާ ހަވާލާދީ "އޭއެންއައި" ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދެމުންދާ އިންޒާރުތަކާއި ފާރަލުންތަކުގެ ސަބަބުން، މުޖުތަބާ ޚާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުމަކީ ނުރައްކާތެރި ކަމެކެވެ.
03 Jul 2026
ދަރިވަރުން ސްކޫލަށް ހާޒިރު ނުވުމުގައި ޒިންމާ ނަގާނީ ކޮން ބައެއް؟
އުނގެނުމާއި، އަޚުލާޤާއި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުގެ އިތުރުން ދަރިވަރުންގެ ކާމިޔާބީ އަށްޓަކައި ޤަވަޢިދުން ސްކޫލަށް ޙާޒިރުވުމަކީ ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން ޤަވައިދުން ސްކޫލަށް ޙާޒިރުނުވާނަމަ، އޭގެ ނޭދެވޭ އަސަރުކުރަމުން ދަނީ ހަމައެކަނި އެ ދަރިވަރަށް އެކަންޏެއް ނޫނެވެ
03 Jul 2026
ކޮރްއޭޝިއާ ބަލިކޮށް ޕޯޗްގަލް ގަދަ 16 އަށް
މެޗު ނިމެން ދަނިކޮށް ފަހުވަގުތު ކޮރްއޭޝިއާއިން ވަނީ އިތުރު ލަނޑެއްވެސް ޖަހާފައެވެ. ނަމަވެސް، ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ
03 Jul 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ގާލް ގައިޑް ދުވަސް ފާހަގަކޮށްފި
ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަހެއް ފާހަގަކުރުމަށް ރަސްމީކޮށް ކަނޑައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުއެވެ.
02 Jul 2026
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތައް އަރައިނުގަތުމަށް އެދި އިލްތިމާސްއެއް
ބަޔާނުގައި ބުނެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި، ފުރައްސާރަ ރައްދުވާފަދަ ބަހުރުވަ ބޭނުންކޮށް، އެފަރާތްތައް މުޖުތަމައުއިން އެކަހެރިކުރުވާފަދަ އަމަލުތައް ސޯޝަލް މީޑިއާގެ މަންސަހުތަކުގައި ދައުރުކުރުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ މުޖުތަމައުއެއް ބިނާކުރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ