ރައީސް ޑރ.މުހައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Apr 2024 | 13:41
15 ހެކްޓަރެއް ނޫން، މާވަށުގައި 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނަން: ރައީސް ޑރ.މުޢިއްޒު

ލ.މާވަށުގައި ކުރިން ހިއްކުމަށް ހަމަޖެހިފައިވާ 15 ހެކްޓަރުގެ ބަދަލުގައި 30 ހެކްޓަރުގެ ބިން މި ސަރުކާރުން ހިއްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ މިހާރު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރާއްޖެ އަށް އެންމެ ބޭނުންވަނީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވައި ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ނެތް ރަށްރަށުގެ ތެރޭގައި މާވަށް ވެސް ހިމެނޭ ކަމަށެވެ.

"ތިބޭފުޅުންނަށް ކުރީގައި އޮތީ 15  ވަރަކަށް ހެކްޓަރުގެ މަޝްރޫއުއެއްގެ މަސައްކަތް. އަޅުގަނޑު ގަސްތުކުރަނީ އަދި ރައްޔިތުން ވެސް ބޭނުންވެލައްވަނީ އެވަރެއް ނޫން. އެހެންވީމަ އެޔަށް ވުރެ އިތުރު ކުރަން. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 15 ހެކްޓަރެއް ނޫނޭ. 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއެއް މިރަށުގައި އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަމޭ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށާނެ ކަމަށާއި އޭގެތެރެއިން ފުރަތަމަ ކުރަންޖެހޭނީ ބިން ހިއްކުމުގެ ކުރިން ޖަހަން ޖެހޭ ބަންޑް ވޯލްގެ މަސައްކަތް ކަމަށާއި އެމަސައްކަތް ބާރަށް ކުރިޔަށް ގޮސް 30 ހެކްޓަރު ހަމަކޮށް ދެއްވާނެކަމަށެވެ.

މިފަދައިން 30 ހެކްޓަރު ހިއްކުމަށް ނިންމެވީ، ޒުވާނުންނާއި އެކި އުމުރުފުރައިގެ މީހުންނަށް ބޭނުންވާ ގެދޮރުގެ މައްސަލައަށް އެންމެ ބޮޑު ހައްލެއް ލިބޭނެ ކަމަކަށް ވާނެތީ ކަމަށްވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
01 Aug 2026
ފީފާގެ މުބާރާތްތަކުގައި އިންވެސްޓަރުން ބައިވެރިކުރުމުގެ ޕްލޭން ދޫކޮށްލައިފި
01 Aug 2026
މިއަދުވެސް ވިއްސާރަ ކުރާނެ، ކަނޑުތައްވެސް ގަދަވާނެ
ވިލާގަނޑުގައި 40 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވޭ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.