ކާމިޔާބް ފިލްމު އުފައްދާ މީހަކަށްވުމުން ފިލްމު ކުޅުން ހުއްޓާލާނަން: އާމިރް ހާން

18 Mar 2019 | 06:20

ކާމިޔާބު ފިލްމު ޕްރޮޑިއުސަރަކަށް ވުމުން ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް އާމިރު ޚާން ބުނެފިއެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާމިރު ބުނެފައިވަނީ ފިލްމު އުފެއްދުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށެވެ. 54 އަހަރުގެ އާމިރު އެންމެ ފުރަތަަމަ ފިލްމަކަށް ޕްރޮޑިއުސް ކޮށްފައިވަނީ "ތާރޭ ޒަމީން ޕަރު" އެވެ. އެފިލްމަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

ފިލްމު އުފެއްދުމުގެ މަސައްކަތުގައި އުޅުނު ނަމަވެސް އަދި އެމަސައްކަތުގައި ކުރިއަށް ދާން ބޭނުންވާ ހިސާބަށް ނުދެވޭކަމަށް އާމިރު ބުނެފައިވެއެވެ. އަދި އެނާ ފިލްމު ކުޅުން ހުއްޓާލާނީ ފިލްމު އުފެއްދުމުގައި އޭނާއަކީ ކާމިޔާބު މީހަކަށް ވުމުން ކަމަށްވެސް އާމިރު ބުނެފައިވެއެވެ.

އާމިރު ބުނެފައިވަނީ އޭނާގެ ފުރަތަމަ އެޖެންޑާއަކީ ފިލްމު ޕްރޮޑިއުސްކުރުން ނޫން ކަމަށައި ރަނގަޅު ސްކްރިޕްޓް ތަަކަށް ފިލްމު އުފައްދަން ތައްޔާރަށް ހުރި ކަމަށްވެސް އާމިރު ބުންޏެވެ.

އާމިރު ޚާން ފާހަގަކުރެވިފައިވަނީ ބޮލީވުޑު ތަރިންގެ ތެރެއިން އެންމެ ފުރިހަމަ މަސައްކަތެއް ކުރަމުން އަންނަ ތަރިންގެ ތެރެއިން ގުނާ ލެވޭ ތަރިއަކަށެވެ. ނަމަވެސް އޭނާގެ އެންމެ ފަހުގެ ފިލްމު "ޓަގްސް އޮފް ހިންދުސްތާނީ" ވަނީ ބޮލީވުޑުގެ ބޮކްސް އޮފީހުގައި ފްލޮޕްވެފައެވެ.

އާމިރު ޚާން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ލާލް ސިންގް ޗައްޑާ" އިންނެވެ. އޭނާ އަންނަނީ މިހާރު އެފިލްމުގެ މަސައްކަތައް ތައްޔާރުވަމުންނެވެ.

Advertisement

ކޮމެންޓް