ރަޢީސް މުއިއްޒު ބްރިޖު މަސައްކަތް ކުރިއަށްދާގޮތް ބައްލަވާ ލެއްވުން- ފޮޓޯ/ ވޮއިސް
ހަބަރު
20 Apr 2024 | 15:49
ތިލަމާލެ ބްރިޖު ނިންމަން އޮތް ތާރީޚަށްވުރެ ތިން މަސް ކުރިން ނިންމާލެވޭނެ: ރައީސް މުޢިއްޒު

ކުރީ ސަރުކާރުން ފެށި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫޢު، ތިލަމާލެ ބްރިޖުގެ މަޝްރޫޢު މީގެ ކުރިން ނިންމެން އޮތް ތާރީޚަށްވުރެ ތިންމަސް ކުރިން ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ގުޅިފަޅާއި ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. އެއަށްފަހު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވަނީ ބްރިޖުގެ މުޅި މަޝްރޫޢުގެ 36 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަން ފާހަގަކުރައްވާފައެވެ.  

މިއާއެކު ރައީސް ވިދާޅުވީ، މިދިޔަ ފަސް މަހުގެ ތެރޭގައި ބްރިޖުގެ މަސައްކަތް އިހުނަށްވުރެ ބާރު ސްޕީޑްގައި ކުރިއަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވެގެން އައިއިރު ދިޔަ ސްޕީޑަށްވުރެ ގާތްގަނޑަކަށް 7 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވަނީ އަންނަ އަހަރުގެ ނިޔަލަށް ބްރިޖު މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. 

ސަރުކާރު ބަދަލުވެގެން އައިއިރު ދިޔަ ސްޕީޑަށްވުރެ ބާރު ސްޕީޑުގައި، ގާތްގަނޑަކަށް 7 ޕަސެންޓްގެ ޕްރޮގްރެސް އެޗީވްމަންޓެއް ލިބިއްޖެ މިދިޔަ ފަސް މަހުގެ ތެރޭގައި. އޭގެ ސަބަބުން އޯވަރޯލް ޕްރޮޖެކްޓްވެސް މިހާރު ގާތްގަނޑަކަށް 1.2 ޕަސެންޓްވަރު އަހެޑްއޮފް ޝެޑިއުލްގައި މިއުޅެނީ. ޕްރޮޖެކްޓް މިހާރު އޮތް ގޮތުން އޮރިޖިނަލީ އަޅުގަނޑުމެންނާ ހަވާލުވިއިރު ގޮއްސަ އިން ހިސާބަށް ބަލާއިރުގައި ނިމެން އޮތް ވަރު، އެއީ ވިލިނގިއްޔާ ހަމައަށް ނިމެން އޮތީ އަންނަ އަހަރު ނިމޭތަނަށް. 2025 ގައި ނިމެނީ. ގުޅި ފަޅާ ހަމައަށް ނިމެން އޮތީ 2026 ގެ މާރިޗު. ނަމަވެސް މިހާރު ސްޕީޑް ދާގޮތުން އިތުރަށް މަސައްކަތް އެބަ ކުރެވޭ. އިތުރު އާލާތްތައް ގެނެސް އަވަސްކޮށް. އަވަސް ކުރެވެން ހުރި ހުރިހާ ކަމަެއް ކުރަން. އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދު ކޮށްގެން މިހުރީ މި އަންނަ އަހަރުގެ ނިޔަލަށް، އޭގެ މާނައަކީ މުޅި ޕްރޮޖެކްޓް ނިންމަން އޮތް ތާރީޚަށްވުރެ ތިންމަސް ދުވަސް އަވަހަށް މުޅި ޕްރޮޖެކްޓް ނިންމާލެވޭތޯ

ރަޢީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެޑައިގެން ހިސާބުން ފެށިގެން ބްރިޖުގެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރާއި އެ އެމިނިސްޓްރީގެ އިސް ބޭފުޅުން އެ މަސައްކަތް ވަރަށް ގާތުން ބައްލަވަމުންދާކަން ފާހަގަ ކުރެއްވިއެވެ. 

ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ރައްޔޮތުންނަށް ފައިދާ ވާނެ އެފަދަ ހުރިހާ މަޝްރޫއެއްވެސް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވަން އެމަނިކުފާނު ބޭނުންވެއެވެ. 

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.