އިމްރާން އާއި އަލީ ޒާހިރު
ހަބަރު
22 Apr 2024 | 13:22
މަޖިލިސް އިންތިޚާބުގައި އިމްރާނަށާއި އަލީ ޒާހިރަށްވެސް ލިބުނީ ނާކާމިޔާބީ!

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله އާއި ކުރީގެ ރައީސް އޮފީހުގެ ޗީފް އިފް ސްޓާފް ޢަލީ ޒާހިރަށްވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ. 

މަޖިލިސް އިންތިޚާބުގައި ޢިމްރާން ވާދަކުރެއްވީ މަކުނުދޫ ދާއިރާ އަށެވެ. އެ ދާއިރާއަށް އިމްރާން އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރެއްވި އިރު، މަކުނުދޫ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރާއީ އެމްޑީޕީ ޓިކެޓްގައި އަދި ޕީއެންސީ ޓިކެޓްގައި އާދަމް ޝަފީގް ވާދަކުރެއްވިއެވެ. 

މަކުނުދޫ ދާއިރާގެ ވަގުތީ ނަތީޖާ؛

* އާދަމް ޝަފީގް ( ޕީއެންސީ) — 1223 (%44.17)

* އިމްރާން އަބްދުالله (އަދާލަތު) — 821 (%29.65)

* މުހައްމަދު ރާއީ (އެމްޑީޕީ) — 725 (%26.18)

އިމްރާންގެ އިތުރުން އަލީ ޒާހިރު ވާދަ ކުރެއްވި ފެލިދޫ ދާއިރާގެ ގޮނޑިވެސް ކާމިޔާަބު ކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެ ދާއިރާއަށް އަލީ ޒާހިރު ވާދަކުރެއްވީ އެމްޑީޕީގެ ތާއީދާއެކު އެވެ. އަދި އަލީ ޒާހިރު ވާދަކުރައްވާތީ އެ ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކު ވާދައެއްވެސް ނުކުރައްވައެވެ. 

ފެލިދޫ ދާއިރާގެ ނަތީޖާ؛ 

* އާދަމް ޒާހިރު ( ޕީއެންސީ ) - 339 ވޯޓު (%38)

* އަލީ ޒާހިރު ( އަމިއްލަ ) - 287 ވޯޓު (%32)

* ހުސައިން ޒައިދުލް އާރިފް ( އަމިއްލަ ) - 179 ވޯޓު (%20)

* ޝުޖާއު އަލީ ( ޑެމޮކްރެޓްސް) - 102 ވޯޓު (%11)

އިއްޔެގެ އިންތިޚާބުގައި އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންނަށް ވެސް ވަނީ ނާކާމިޔާބީއާ ކުރިމަރިލާން ޖެހުފައެވެ. 

އަދާލަތުން ވާދަކުރި 4 ގޮނޑޫގެ އިތުރުން، ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރިއެވެ. އަދި އިދިކޮޅު އެމްޑީޕީން 89 ދާއިރާއަކަށް ވާދަކުރިއެވެ. 

އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޖިލީހުގެ 71 ގޮނޑި ލިބި ސުޕަމެޖޯރިޓީ ލިބިފައިވާއިރު، ޕާޓީގެ ތާއީދާއެކު ގޮނޑި ކާމިޔާބު ކުރި ކެންޑިޑޭޓުން ހިމަނައިގެން ސަރުކާރަށް އެއްބާރުލުން ދޭނެ 75 ކެންޑިޑޭޓުން މަޖިލީހުގައި ތިބޭނެއެވެ.

ކޮމެންޓް
މހނ
އެއީ ވާންވީގޮތް އެކަކަށް މިނިސްޓަރު ކަން އަނެކަކަށް ރައީސް އޮފީހުގެ މަތީ މަޤާމެއް ލިބުނީމަ ތިމަމެންނަށް ތިމާމެން އޮޅެންޏާ ވާންވިގޮތަށް އެވީ ތި އަލީ ޒާހިރު ބަލާބަލަ ރައީސް ޔާމީނުގެ މަސްއަލާގެ ތެރެއައްވަދެފަހުރިވަރު
22 Apr 2024
މަކިޓޢ
އެހެންނެންނުވާނީ ނަމާދުކޮށްފަވެސް ބެލީ ޝާހިދު ގެންގުޅުނު ދޮލަގަށް އެރި ދޮގު ވިއްކޭތޯ ވިއްޔާ
23 Apr 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.