ގެވެށި އަނިޔާގެ ތުހުމަތުތަކާއި އެކު މުޣުނީއަށް އެމްޑީޕީން ކުރި ތާާއިދު ނަގައިފި

18 Mar 2019 | 13:51

ގެވެށި އަނިޔާގެ ތުހުމަތުތަކާއި އެކު، އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލްމުޣުނީއަށް ކުރި ތާއިދު އަނބުރާ ގެންދިއުމަށް އެމްޑީޕީން ނިންމައިފިއެވެ.

މުޣުނީއަށް ކުރި ތާއިދު އަނބުރާ ގެންދިޔަކަން އެމްޑީޕީން ހާމަކޮށްފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފެވެ.

އޭނާއަށް އެމްޑީޕީން ކުރި ތާއިދު އަނބުރާ ނެގިކަން މީދޫ ދާއިރާގެ މެންބަރ ރޮޒައިނާ އާދަމްވެސް ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ. ރޮޒައިނާ ވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެހެން އިސްބޭފުޅުންވެސް މުޣުނީގެ ކެމްޕެއިންގައި ބައިވެރިނުވާނެކަމަށް ވިދާޅުވެފައެވެ.

މުޣުނީގެ މައްޗަށް އޭނާގެ ކުރީގެ އަންހެނުން، ގެވެށި އަނިޔާގެ ތުހުމަތު ވަނީ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ތެރެއިންވެސް އުފުލާފައެވެ. މިކަމަށް ބާރުދީ އޭރުވެސް ގިނަ ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ. ނަަމަވެސް އޭރު އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފައެވެ.

ނަމަވެސް މި މައްސަލަ ދާދިފަހުން އަނެއްކާވެސް ފެންމަތިވުމުން މި މައްސަލަ ބަލައި، މުޣުނީގެ އަތުން ޓިކެޓް އަތުލުމަށް ގިނަ އެމްޑީޕީއާއި އާންމުންގެ ގިނަ ފަރާތްތަކުން ވަނީ އެދިފައެވެ. 

Advertisement

ކޮމެންޓް