ވޫއޮންގް ދިން ހޫ-- ފޮޓޯ: ވީއޯވީ
ދުނިޔެ
27 Apr 2024 | 11:06
ވިއެޓްނާމް ގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި

ވިއެޓްނާމް ގައި ކޮރަޕްޝަނާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ހިންގަމުންދާ ދަނޑިވަޅެއްގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވޫއޮންގް ދިން ހޫ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

 ވޫއޮންގް ދިން ހޫ މަގާމުން އިސްތިއުފާ ދެއްވީ އޭނާގެ މައްސަލަ ތަކެއް ހުރުމުން ކަމަށް ވިއެޓްނާމް ގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް އެ ޕާޓީން ހާމަކޮށްފައެވެ ނުވެއެވެ. އަދި އެ ޕާޓީން ހޫގެ އިސްތިއުފާ ބަލައިގަންނަ ކަމަށާއި، ހޫ ގެ މި ނިންމުމާއި އެކު އެ ޕާޓީގައި އޭނާ އަދާކުރައްވަމުން ގެންދެވި އިސް މަގާމުން ވެސް ވަކި ކުރައްވާނެ ކަމަށް ވަނީ ބުނެފައެވެ.

އުމުރުފުޅުން 67 އަހަރުގެ ހޫ ވިއެޓްނާމް ގެ މަޖިލީހުގެ ޗެއާމަންކަމަށް 2021 ވަނަ އަހަރުގެ މާޗް މަހު އައްޔަނުކުރި އިރު، 2016 އިން 2020 ވަނަ އަހަރާއި ހިސާބަށް އޭނާ ވަނީ އެގައުމުގެ ބޮޑު ވަޒީރުކަން ވެސް އަދާކުރައްވާފައެވެ.

ވިއެޓްނާމް ގެ ގާނޫނު ހަދާ މަޖިލީހުން ހޫ އިސްތިއުފާ ދެއްވިއިރު، ގައުމީ މަޖިލީހުގެ އިދާރާގެ ޑެޕިއުޓީ ހެޑް އަދި ހޫގެ އެސިސްޓެންޓް ފަމް ތައި ހާ ވެސް ވަނީ މީގެ ހަތަރު ދުވަސް ކުރިން ހައްޔަރު ކޮށްފައެވެ.

ވިއެޓްނާމް ގައި "ބްލޭޒިންގ ފަރނަސް" ގެ ނަމުގައި 2016 ވަނަ އަހަރު ކޮރަޕްޝަނާއި ދެކޮޅަށް ފެށި ހަރަކާތް 2022 ވަނަ އަހަރުން ފެށިގެން އިތުރަށް ފުޅާވެ، އެ ހަރަކާތުގެ ތެރެއިން މިހާތަނަށް ދެ ރައީސަކާއި ދެ ބޮޑުވަޒީރަކު މަގާމުން ވަކިކޮށް، އެތައް ސަތޭކަ އޮފިޝަލުންތަކަކަށް ވަނީ އަދަބުދީ ނުވަތަ ޖަލަށް ލާފައެވެ.

އޭގެ ތެރޭގައި އެންމެ ދެ އަހަރު ވެރިކަން ކުރެއްވުމަށް ފަހު މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ވެރިކަމާއި ދުރުވުމަށް މަޖުބޫރުވި ވޯ ވެން ތޫއޮންގް ވެސް ހިމެނޭ އިރު، މިކަމާއި ގުޅިގެން ވަގުތީ ގޮތުން ރައީސް ގެ މަގާމުގައި ހުންނެވީ އެގައުމުގެ ނައިބު ރައީސާ ވޯ ތީ އަން ޝުއާންއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.