ޝައިޚް އަހްމަދު ސަމީރު-- ފޮޓޯ: ސަން
ހަބަރު
27 Apr 2024 | 13:30
މުސްލިމުންނާ ހަނގުރާމަ ކުރަމުންދާ ކާފަރުންނާމެދު މާތް ބަހުން ލިޔުމަކީ ހިތަށް ދަތިވާ މައްސަލައެއް: ޝައިޚް ސަމީރު

މުސްލިމުންނާއި ހަނގުރާމަ ކުރަމުންދާ ކާފަރުންނާއި މެދު މާތް ބަހުން ލިޔުމަކީ ހިތަށް ދަތިވާ މައްސަލައެއް ކަމަށް ޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޔަހޫދީ މިނިސްޓަރެއް ގެ ކާރު ފުރުޅާލުމާއި ގުޅިގެން ލިޔެފައިވާ ހަބަރެއްގައި އެ ވަޒީރަށް މާތްބަހުން މުޚާތަބުކޮށް ސުރުހީ ލިޔެފައި އިނުމުން، އެކަން ފޭސްބުކް ގައި ހިއްސާ ކުރައްވާ ޝައިޚް ސަމީރު ވިދާޅުވީ، މިފަދައިން ދިވެހި ނޫސްތަކުން ފެންނާތީ ހިތަށް ވަރަަށް ތަދުވާ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ، ނޫސް ތަކުން މިފަދައިން ލިޔާ ސަބަބަކީ ވަޒީރުން ވީމާ ބަހުގެ ހަމަ އޮންނަނީ އެހެން ކަމަށް ވާތީކަމަށް ބުނާ އަޑު އިވުނު ނަމަވެސް ފުރަތަމަ ކަމަކީ ބަހުގެ ހަމައެއް އެހެން އޮތް ކަމަށް ވިޔަަަސް ޝަރުޢީ ހަމައިގެ މައްޗަކަށް ބަހުގެ ހަމަ އިސްނުކުރެވޭނެ ކަމަށެވެ.

އެގޮތުން ޝައިޚް ވިދާޅުވީ، ފިރުޢައުނާއި ޤާރޫނަކީވެސް ރަސްރަސްކަލުން ކަމަށާއި، ހާމާނަކީ ވެސް ވަޒީރަކަށް ވާއިރު، ފިރުޢައުނާއި ޤާރޫނު ވަޑައިގަންނަވާ ވާހަކައާއި ހާމާނު ދިރިއުޅުއްވާ ގަނޑުވަރުކޮޅުގެ ވާހަކަ ދިވެހި ލިޔުންތަކުގައި ނުހުންނަ ކަމަށެވެ. ހަމައެއާއިއެކު، ދިވެހި ތާރީހުގެ ތެރެއިން މިސާލުޖައްސަވައި ޝައިޚް ސަމީރު ވިދާޅުވީ އަނދިރި އަނދިރިންނަކީވެސް ހަމަ ވެރިއެއް ކަމަށާއި އޭނާގެ ވަޒީރުން ތިބި އިރު އެމީހުންނަަށް މުޚާތަބު ކުރެވެނީ މާތް ބަހުން  ނޫން ކަމަށެވެ.

ކާފަރު ވަޒީރަކަށް ރީތިބަހުން ލިޔުން މައްސަލައަކަށް ވަނީ ނޫން ކަމަށާއި، ހިތަށް ދަތިވާ މައްސަލައަކީ މުސްލިމުންނާ ހަނގުރާމަ ކުރަމުންދާ ކާފަރުންނާމެދު މާތް ބަހުން ލިޔުން ކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ކޮމެންޓް
ބަޗީ
ވަރަށް ރަނގަޅު ވާހަކަކޮޅެއް. އަނިޔާވެރިޔަކަށް ދޭންޖެހޭ ޢިއްޒަތެއް އޮންނާނެކަމަށް އަމިއްލަ ޟަމީރު ގަބޫލެއް ނުކުރޭ.
27 Apr 2024
އުދުހޭ ކޮކާ
ސަމީރު ތިޔަ ވިދާޅުވަނީ ހެޔޮ ވާހަކަފުޅެއް..މީގެ މަސްއަލައަކީ ބައެއް ލިޔުންތެރިންގެ ލިޔުމުގެ ފެންވަރު ވެސް ނެތީއެވެ. މި ޚަބަރުގައި ވެސް" ލިޔެފައި އިނުމުން،" ފާހަގަ ކޮށްލަމެވެ.
27 Apr 2024
ސައްލާ
ލިޔެފައި އިނުމުން........ގޮނޑީގަތޯ އިނީ.
27 Apr 2024
އުދާސް
ސެއިޚުގެ ބަސްފުޅަށް، ވަރަށް ބޮޑަށް ތާޢީދު،
27 Apr 2024
އުދާސް
ސެއިޚުގެ ބަސްފުޅަށް، ވަރަށް ބޮޑަށް ތާޢީދު،
27 Apr 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.