ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން-- ފޮޓޯ: ވޮއިސް
ހަބަރު
30 Apr 2024 | 13:58
ޒަމާނަށް ފެތޭ ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ވަޒީރު އަމީން

 ޒަމާނަށް ފެތޭ ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފެއްދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ، ރޭގައި ކުރިއަށް ދިޔަ "އަހާ" ފޯރަމްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑައަޅައިފާ ފީއަށް ވުރެއް ބޮޑުކޮށް ޓެކްސީތަކުން ފީ ނަގަމުންދާތީ އެކަން ހައްލުކުރުމަށް އެ ވުޒާރާއިން އެއްވެސް މަސައްކަތްތަކެއް ކުރައްވަމުންދޭތޯ ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިގޮތުން ވަޒީރު އަމީން ވިދާޅުވީ، ޓެކްސީތަކުން ކަނޑައަޅައިފައިވާ އަގަށްވުރެ އިތުރަށް ފީ ނަގާކަމުގެ ކަންބޮޑުވުމާއި ޝަކުވާ އެ ވުޒާރާއަށްވެސް ހުށަހެޅޭކަމަށާއި އެއީ އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ މައްސަލަ އެއް ކަމަށެވެ.

މި މައްސަލަ އަށް ހައްލެއް ގެނައުމަށްޓަކައި ޒަމާނަށް ފެތޭ ޓެކްސީ ލައިނެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ޓެކްސީލައިން ފަރުމާ ކުރެވިގެންދާނީ އާރްޓީއެލްގެ ނިޒާމުގައި ބަސް ދުއްވާގޮތަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަންތައް ހައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު ކޮންޓްރޯލް ޓެކްސީ ލައިންއެއް އުފެއްދުމުގެ މަސައްކަތް ފެށިފައި މިއޮތީ. އެއީ ކެބިނެޓުން ނިންމަވައިގެން. މިއީ ޒަމާނަށް ފެތޭ ފަސިންޖަރުންނަށްވެސް އިތުބާރު ކުރެވޭ ކަމަކަށްވާނެ. އަޅުގަނޑުމެން އާރްޓީއެލްގެ ނިޒާމުގައި ބަސް ދުއްވާގޮތަށް، ޓެކްސީލައިނެއް ހެދިގެން ދިޔުމުން މި ގޮތަށް ދިގުލާފައިއޮތް މައްސަލަތައް ހައްލުވެގެން ދާނެކަމަށް ޤަބޫލުކުރެވޭ."

ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ޓެކްސީ ލައިނުގައި މިހާރުވެސް ޓެކްސީ ކުރާ ފަރާތްތަކަށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެކަމަށާއި މި މަސައްކަތުގައި ބޭނުން ކުރާނީ ފިއުލްގެ ބަދަލުގައި ބެޓްރީ ޓެކްސީކަމަށެވެ. 

މީގެއިތުރުން ވެސް ވަޒީރު އަމީން ވިދާޅުވީ، މިހާރު މި މަސައްކަތް ކުރުމަށް ޕޯޓަލެއްވެސް އުފައްދާއި ސްކޭން ޔުނިޓެއްވެސް ހެދިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.