ވަޒީރު އާދަމް ޝަރީފް އުމަރު--ފޮޓޯ: ވޮއިސް
ހަބަރު
02 May 2024 | 17:34
މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށް ސިފައިންނާއި ހަވާލުކޮށްފި

މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށް ސިފައިންނާއި ހަވާލުކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

 ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ވަގުތީ ގޮތުން ހައްލުކުރަން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ ކަމަށް ލަފާ ކުރާ ކަމަށެވެ.

މި މަސައްކަތްކުރާއިރު ހާއްސަކޮށް މާފަންނުގެ މަގުތަކަށް ދޭނެ ކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއުގެ ދަށުން މާލޭގެމަގުތައް ހަދާ ނިމުމުންކަމަށެވެ.

"މާލޭގެ ފެންބޮޑުވުމުގެ މައްސަލަ އަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އެ މައްސަލަ ހައްލުކުރެއްވުމަށްޓަކައި މިހާރު ވަނީ ހާއްސަ މަސައްކަތެއްގެ ގޮތުގައި ހާއްސަކޮށް މާފަންނުގެ ކަނބާއައިސަރަނި ހިގުން ފަދަ ތަންތަނުގައި އެ މައްސަލަ ހައްލު ކުރުމަށްޓަކައި ހާއްސަ މަސައްކަތެއްގެ ގޮތުގައި އެ މަސައްކް ސިފައިންނާއި ހަވާލުކުރައްވާފަ."

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ،ރާއްޖެއަށް މިހަފްތާ ކުރީކޮޅު ކުރި ވިއްސާރައިގައި ރަށްރަށުގައި ވެސް ފެންބޮޑުވެ ގެއްލުންތައް ލިބިފައިވާކަމަށާއި، އެކަމާއި ގުޅިގެން ކައުންސިލް ތަކާއި އެކު މަސައްކަތް ކޮށްފައިވާއިރު،ވިދާޅުވީ ހެދުނު އެސެސްމެންޓްތަކުން އެއްކުރެވުނު މައުލޫމާތުގައި، ރަށްރަށުގައި ނަރުދަމާ އަޅާފައިވާ ގޮތުން ގޭގެއަށް ނަޖިސްވެސް ވަދެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެހެންކަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ކުރިއަށް އޮތް ތަނުގައި މަޝްރޫއުތައް ހިންގާއިރު ސަރުކާރާއި މަސައްކަތް ކުރާ ފަރާތާ ދެމެދު މިފަދަ ކަންކަމާ މަޝްވަރާކޮށް އިސްކަން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
އެކަށީގެންވާ މިންވަރަށް ރީތިކޮށް އަތުން ލިޔަން ނޭންގޭ ދަރިވަރުންގެ އަދަދު 56 އިންސައްތާގައި
".. 44 އިންސައްތަ ދަރިވަރުންނަށޭ އެކަށީގެންވާ މިންވަރަށް މިބައިން [އަތުލިއުމުގެ ބައިން] ސްކޯ ކުރެވެނީ,"
02 Jul 2026
ޒަކާތާ ގުޅުންހުރި ހަތަރު ފޮތެއް ނެރެފި
ޒަކާތާ ގުޅޭ ހަތަރު ފޮތެއް މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ނެރެފި އެވެ.
02 Jul 2026
މި ދުވަސްވަރު 8،000އެއްހާ ދަރިވަރުން ސުކޫލަށް ނުދޭ، ވަޒީރުގެ ކަންބޮޑުވުން
"އަޅުގަނޑަށް އެނގޭ މިއީ ވޯލްޑްކަޕް ދުވަސްވަރުކަން. އެހެން ނަމަވެސް އެކަށެއްކަހާސް ދަރިވަރުން ސުކޫލަށް ނުދިއުމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެކަން ހައްލުވާން ޖެހޭ,"`
02 Jul 2026
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ މަޑުޖައްސާލުމަށް
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
02 Jul 2026
ދުންފަތުން ނަގާ ޑިޔުޓީ ކުޑަކުރާ ބިލް ތަސްދީޤުކުރައްވައިފި
މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ -/4 (ހަތަރެއް) ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ %30 (ތިރީސް އިންސައްތަ) ކަމަށް ވަނީ ކަނޑައަޅާފައެވެ.
02 Jul 2026
ހިތަދޫ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި
އަމުރުގައި ބުނެފައިވާގޮތުން، އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދާތީއާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ހަށިގަނޑަށް ވާސިލުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ވަސީލަތްތައް ފޯރުކޮށްދެމުން ގެންދާތީއެވެ.
02 Jul 2026
ރާއްޖެއިން ފަލަސްތީނަށް 50،000 ޑޮލަރުގެ އެހީ ދެނީ
މިކަން އިޢުލާން ކުރެއްވީ އިއްޔެ އދ. ގެ މައި މަރުކަޒުގައި ބޭއްވި "ޔޫއެންއާރުޑަބްލިއު ޕްލެޖިންގ ކޮންފަރެންސް" ގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވީ އދ. އަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދެވެ.
02 Jul 2026
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ، އިފްތިތާހުކޮށްފި
މި އެކްސްޕޯ އަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން މި ހިނގާ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ، ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރގައި މަސައްކަތް ކުރާ މުހިއްމު ހުރިހާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ޙަރަކާތެކެވެ.