ޑެންގީ އިން ސަލާމަތްވުމަށްޓަކައި މަދިރި އާލާވަނެ ފަދަ ތަންތަން ނައްތާލަން ޖެހޭ-- ފޮޓޯ: އޭއައިއެޗްއެމްއެސް
ހަބަރު
05 May 2024 | 15:40
ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެ، މިހާރު ވެސް 6 ކުއްޖަކަށް ފަރުވާދެނީ!

އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެއް ކަމަށްވާ ޑެންގީ ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވެ ހަލުއި ކަމާއިއެކު ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް  ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ އަހްމަދު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑެންގީ ހުން ޖެހިގެން 6 ކުއްޖަކު ބާއްވާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ދެރަވެ ގަޔަށް ލޭވެސް އަޅަން ޖެހިފައިވާ ކަމަށެވެ.

ޑރ.ފައިސަލް ވަނީ މިއީ  ފުރާނައަށް ނުރައްކާވާ ބައްޔެއްކަން ހަނދާން ނައްތާނުލުމަށާއި، މަދިރިން ރައްކާތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު އިތުރުވާއިރު، މި އަހަރުގެ ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާތީ، މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާއިން އަންނަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

 ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ޖެހޭ މި ބަލި ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިއްސުމާއި، ހުން އައުމާއި، ހޮޑުލުމާއި ހުޅުތަކާއި މަސްތަކުގައި ރިއްސުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.