އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް: ފޮޓޯ/ މަޖިލިސް
ހަބަރު
06 May 2024 | 12:25
ފިރިހެނުންނަށް އަމިއްލަ ފައިސާގެ މިނިވަންކަން އޮންނަ ވަރަށް އަންހެނުންނަކަށް ނޯވޭ: ރޮޒައިނާ

ދިވެހިރާއްޖޭގައި، ފިރިހެނުންނަށް އަމިއްލަ ފައިސާގެ މިނިވަންކަން އޮންނަ މިންވަރަށް އެ މިނިވަންކަން އަންހެނުންނަށް ނޯންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި، ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބަސް ހިމަނައި އެއީ އެންމެ ރަނގަޅު ނިންމުންކަން ކަށަވަރު ކުރުމަށް އޭނާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ބިލަށް ބަހުސް ކުރައްވަމުންނެވެ. 

އެގޮތުން ރޮޒައިނާ ވިދާޅުވީ އިންތިޚާބުތަކާއި އެނޫންވެސް ކަންކަމުގައި ބައިވެރި ވުމުގެ ފުރުސަތު އަންހެނުންނަށްވެސް ހުޅުވާލެވުފައި އޮތް ނަމަވެސް ހަމަހަމަކަން ގާއިމް ނުކުރެވޭ ކަމަށެވެ. އެގޮތުން މަޖިލީހަށް ބަލާލާއިރު، މަޖިލީހުގައި 93 ދާއިރާ ހިމެނޭ އިރު އެންމެ ތިން އަންހެނުން މަޖިލީހަށް އިންތިޚާބު ވުމަކީ ހަމަހަމަކަން ތޯ އޭނާ ސުވާލު ކުރެއްވިއެވެ. 

މިއާއެކު ރޮޒައިނާ ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު އަންހެނުންނަށް އޮތް ނަމަވެސް، އެފަދަ މަގާމަކަށް ކުރިމަތިލާ ފިރިހެނަކަށްވުރެ އަންހެން މީހާއަށް ކުރިމަތިވާ ގޮންޖެހުންތައް ގިނަކަމަށެވެ. 

“އެވްރެޖް ގޮތެއްގައި ފިރިހެނުންނަށް ހުންނަ ފުރުސަތު ތަކަށްވުރެ އަންހެނުންނަށް މި މަސައްކަތް ކުރަން ނުކުންނަ އިރު ދިމާވާ ގޮންޖެހުންތަކާ ލިބޭ ފުރުސަތުތައް ކުޑަ ވާހަކަ.” ރޮޒައިނާ ވިދާޅުވިއެވެ. 

ފުރަތަމަ ކަމަކަށް ބަލާއިރު ފައިސާ. ހަމަ، އަޅުގަނޑުމެން އެންމެނަށް ވެސް އެނގޭ، ފިރިހެނުންގެ އަމިއްލަ ފައިސާގެ މިނިވަންކަން އޮންނަ ވަރަށް އަންހެނުންގެ ނޯންނަކަން. މިސާލަކަށް ރާއްޖޭގައިވެސް، 1000 ފިރިހެނުންގެ ތެރެއިން އެމީހުންނާ އެއްވަރަށް ފައިސާ ލިބޭ ހުންނާނީ އެންމެ އަންހެނެއް ކަންނޭނގެ މިފަދަ ކަމަކަށް ބޭނުންވާ ފައިސާގެ އަދަދަށް ބަލާއިރު. އެވަރުވެސް ހިޔެއް ނުވޭ ވާނެ ހެން. ގިބަ ފަހަރަށް އެކި އެހެން ބޭފުޅުންގެ އެހީތެރި ކަމާއެކީގައި މިކަންކަން ކޮށްފައި އޮންނަނީ. އަމިއްލަ އަށްވުރެ ބޮޑަށް 

ރޮޒައިނާ އާދަމް

މީގެ އިތުރުން ރޮޒައިނާ ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ސަފުން އަންހެނުން ފެންނަ މިންވަރު މަދުއިރު، ސިޔާސީ ދާއިރާގެ އިސް ސަފުން ފެންނަ އަންހެނުންނަށް މީސްމީޑިއާގައި ކުރާ ފުރައްސާރަވެސް އިންތުހާއަށް ގިނަ ކަމަށެވެ. އެ ސަބަބާއި ހުރެ “ރޭސް ފަށާއިރުވެސް އަންހެނުން ތިބެނީ މާ ފަހަތުގައި” ކަމަށް އޭނާ ވިދާޅުވިއެވެ. 

ރޮޒައިނާ ވިދާޅުވި ގޮތުގައި އަންހެނުންނަށް ފުރުސަތު ހޯދައިދޭ ވާހަކަ ދައްކަވަނީ މަޖިލީހުގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުން ތިބުމަކީ މުޅި ގައުމަށްވެސް ފައުދާ ވާނެ ކަމަކަށްވާތީ ކަމަށެވެ. އެހެނީ ދެޖިންސު އެއްވަރަށް ތިބެގެން މަސައްކަތް ކުރާ ނަމަ، މާ މޮޅެތި ބިނާކުރަނިވި ޚިޔާލުތައް އަންނަކަން ދިރާސާ ތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެހެންކަމުން މަޖިލީހުގައި އަދި މަޖިލީހުގެ ކޮމިޓީ ތަކުގައި އަންހެނުން ނެތުމުން ވަރަށް ބޮޑު އެއްޗެއް ގެއްލިގެންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެ ސަބަބަށްޓަކައި މަޖިލީހުގެ 30 އިންސައްތަ އަކީ އަންހެނުން ކަން ކަނޑައަޅަން ޖެހޭ ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
އިއްބެ
ރޮޒޭނާއަންހެނަކަށްވީތީހިތާމަކުރަނީތައަނބިމީހާއަކީފިރިމީހެއްގެވާތުއަރިކަށީކަށިގަނޑަކުންއުފެއްދެވިކަންރޮޒޭނާއަށްހަނދާންނެތިއޮޅުނީތަ ފައިސާއަބަދުވެސްއަނބިމީހާބޭނުންކުރާވަރަށްގޭގައިހުންނަންޖެހޭނެ
06 May 2024
ބަޗީ
މަޖިލީހަށް ކުރިމަތި ލުމުގައި ގާނޫނީ އެއްވެސް ހުރައެއް އަންހެނުންނަކަށް ނެތް. ރައްޔިތުންގެ ނިންމުމަށް ފުރައްސާރަ ކުރަނީ ކީއްވެ؟ ކިތައް ސަތޭކަ ފިރިހެނުން ނުހޮވާ އެބަ ތިބި؟ އަނގަ އޮތަސް ނުތަޅުވާ، އޮށްޓަރު ހުރި އެއްޗެއް ނެރެބަލަ.
06 May 2024
ޙޭޔަންބޯ
ފިރިހެނުންނާ އެއްވަރަށް އަންހެނުންނަށްވެސް ތި ފުރުސަތު އެބަ އޮތް. މަޖިލީހަށް ކުރިމަތިލައިގެން ފިރިހެނުންވެސް އެ ވޯޓުތައް ހޯދާ ގޮަތަކަށް އަންހެނުންވެސް ހޯދަންވީ ހަމަ.
07 May 2024
އަލީބެ
އެތައް ލައްކަ އަންހެނުންގެ ތެރެެއިން ރޮޒޭނާ މަޖިލީހަށް ހޮވުނުގޮތާ ނުހޮވުނުގޮތް ދެންތިބި އަންހެނުންނަށް ކިޔާދިނީމަ ހުންނާނީ ތިކަންވެފަ. ހެޔޮމީހުންނަކީ އެމީހަކަށް އެނގި ދަސްވާއެއްޗެހި އެހެންމީހުނަށް ކިޔާދޭމީހާ.
07 May 2024
ގަދަކުޑޭ
ދެން ކަލޭ ފިރިސޮރު ދައުލަތުން ކަޓުވާލި ފައިސާތައް ދިރުވާލަންވީނު ފެންފޮދަކާނުލާ
07 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.