މީގެ ކުރިން ތަމްރީން ހަދަން ރާއްޖެ އައި އިންޑިއާ ސިފައިން ތަކެއް--
ހަބަރު
06 May 2024 | 17:33
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 ސިފައިން ފައިބައިފި: ހީނާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން މިހާތަނަށް 51 ސިފައިން ފައިބައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ހީނާ ވިދާޅުވީ، މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި އިންޑިއާގެ 51 ސިފައިން އެނބުރި ގައުމަށް ގޮސްފައިވާ ކަމަށާއި،  މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިޔުމަކީ ކަން އޮތް ގޮތް ކަމަށެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ އަދި އެކަން އޮތް ގޮތަކީ"

ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެކަމަށެވެ.

ދާދި ފަހުން އިންޑިއާ ސަރުކާރާއެކު އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ހައި ލެވަލް ކޯރ ގްރޫޕްގެ 4 ވަނަ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވެސް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބާކީ ތިބި ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެނބުރި އިންޑިއާއަށް ފޮނުވާލެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ.މުޢިއްޒުގެ އެންމެ ބޮޑު އެއް ވައުދަށް ވާއިރު، ޕީއެންސީ އިން އައްޑޫ ހިތަދޫ ހައި ސްކޫލުގައި ބޭއްވި މަޖިލިސް އިންތިހާބުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ރާއްޖޭގައިތިބި އިންޑިއާ ސިފައިންގެ ދެވަނަ ޓީމް އެނބުރި އިންޑިއާއަށް މިދިޔަ މަހުގެ ނިޔަލަށް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގައި ތިން ޕްލެޓްފޯމެއްގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފައިބާފައި ވަނީ މާޗު މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިން ފޮނުވާލާފައިވާއިރު، އެމީހުންނާއި އެކު އިންޑިއާގެ ހެލިކޮޕްޓަރުވެސް ވަނީ ފޮނުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.