އައިޖީއެމްއެޗް އިމާރާތް-- ފޮޓޯ: ވޮއިސް
ހަބަރު
07 May 2024 | 12:53
އަހަރުގެ މިހާތަނަށް ރިޕޯޓްކުރި ޑެންގީ އާއި ޗިކުންގުންޔާ ގެ ކޭސްތަކުގެ އަދަދު 900 އަށް!

އަހަރުގެ މިހާތަނަށް ޑެންގީ އާއި ޗިކުންގުންޔާ އާއި ގުޅޭ 900 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ  (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީގެ ތެރެއިން ވެސް އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށްވާއިރު، މި ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި  ޖެނުއަރީ އެކަކުން މެއި މަހުގެ ފުރަތަމަ ހަތްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސް ރިޕޯޓްކޮށްފައިވާއިރު، އަހަރުގެ 14 ވަނަ ހަފްތާއިން ފެށިގެން ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

ޑެންގީގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު:

1) ޖެނުއަރީ - 146 ކޭސް

2) ފެބްރުއަރީ - 116 ކޭސް

3) މާރޗް - 119 ކޭސް

4) އޭޕްރީލް - 239 ކޭސް

5) މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް - 40 ކޭސް  

ޑެންގީ އާއިއެކު ޗިކުންގުންޔާ ގެ ކޭސްތައް ވެސް އިތުރުވެފައިވާއިރު،ޖެނުއަރީން ފެށިގެން މެއި 4ގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނިމުނު ހަފްތާގައި އެކަނިވެސް ޗިކުންގުންޏާގެ 117 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.

ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު:

1) މާރޗް – 5 ކޭސް

2) އޭޕްރީލް – 177 ކޭސް

3) މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް – 58 ކޭސް

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން މަދިރިން ޖެހޭ ބަލިތައް ފެތުރޭ މިންވަރު އިތުރުވާއިރު، މި އަހަރުގެ ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާތީ، މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ އިދާރާއިން އަންނަނީ މި ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

 ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ޖެހޭ މި ބަލިތައް ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި، ބޮލުގައި ރިއްސުމާއި، ހުން އައުމާއި، ހޮޑުލުމާއި ހުޅުތަކާއި މަސްތަކުގައި ރިއްސުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.