ވަޒީރު ޚަލީލް--
ހަބަރު
08 May 2024 | 11:22
އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުން: ވަޒީރު ޚަލީލް

ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކޮންޓްރޯލް ކުރުންކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޚަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރަމުންދާއިރު ތެލެސީމިއާ ތަހައްމަލު ކުރާ ހުރިހާ އެންމެންނަށް ހަމަހަމަ ކަމާއެކު ފެންވަރު ރަނގަޅު ފަރުވާއެއް ލިބެން ޖެހޭކަމަށެވެ.

ހަމައެއާއިއެކު ވަޒީރު ޚަލީލް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުންކަމަށާއި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިއާއިން މުޖުތަމަޢު ރައްކާތެރިކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގެ ވައުދުވެފައިވަނީ ތެލެސީމިއާ ހުއްޓުވުމުގެ އިތުރުން މެނޭޖްކޮށް، ތެލަސީމިއާ ތަހައްމަލު ކުރާ ކޮންމެ ފަރުދަކަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާގެ ހައްގު ކަށަވަރުކޮށްދިނުން."

ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށާއި ތެލެސީމިއާ ބައްޔަށް ފަރުވާ ކުރާ ފަރާތްތަކަށާ ތެލެސީމިއާ އަށް ޓެސްޓު ކުރުމަށް ކުރަންޖެހޭ ކަންކަމަށް ގިނަ ލުއި ތަކެއް ހޯދައި ދެއްވުމަށް މި ސަރުކާރުން ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ތެލެސީމިއާ ބަލި ވާރުތަކުރާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހަދަން ޖެހޭ ޑީ.އެން.އޭ ޓެސްޓާއި، ތެލެސީމިއާ ކުދިން ހަދަންޖެހޭ އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓަށް އާސަންދަ ދޫކުރަން ފެށުމާއި މެދުނުކެނޑިތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުމަށްޓަކައި ތެލަސީމިއާ ސެންޓަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ އިތުރުން ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމާއި އެ ޚިދުމަތަށް އެދިފައި ތިބި ހުރިހާ ކުދިންނަށްވެސް ކުރިއަށް އޮތް ތަނުގައި އެ މަގު ފަހި ކޮށްދިނުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.