ވަޒީރު ޝަހީމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
08 May 2024 | 13:42
ސަރުކާރުގެ ހަރަދުގައި ޙައްޖަށްދާ 50 މީހުން މި ފަހަރުގެ ހައްޖުގައި ބައިވެރިވާނެ: ވަޒީރު ޝަހީމް

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވުމަށް ސަރުކާރުން ނިންމި ނިންމުމާއި އެއްގޮތަށް މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ފަގީރުން ހައްޖަށް ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު 50 ފަގީރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށާއި އެ 50 މީހުންނާ މުއާމަލާތު ކުރެވި އެމީހުން ދަތުރަށް ތައްޔާރު ކުރުމުގެ ކަންކަން ކުރެވެމުންދާކަމަށެވެ.

"މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތުގެ މަތީން ފަގީރުންގެ ބަޔަކު ސަރުކާރުގެ ހަރަދުގައި މި ފަހަރު ހައްޖަށް ދާނެ. އޭގެ ތެރެއިން 50 މީހުން މިފަހަރު މާތް ﷲ އިރާދަކުރެއްވިއްޔާ މިފަހަރު ހައްޖުގައި ބައިވެރިވާނެ"

ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ، އެމީހުން ހޮވާފައިވަނީ ފަގީރުންގެ ދަފްތަރުން ގުރުއަތު ލައިގެން ކަމަށާއި، މީހުން ހޮވާފައިވަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށާއި، ބޭނުންނުވާ މީހަކު ވެސް ހޮވިފައި އޮވެދާނެ ކަމަށެވެ. 

ސަރުކާރުން ކުރިއަށް ގެންދާ މި މަސައްކަތުގައި ކޮންމެ އަހަރަކު މިއަށްވުރެ އިތުރަށް މީހުން ގެންދެވުނު ނަމަވެސް މިއީ ކޯޓާ އާއި ގުޅިފައިވާ ކަމަކަށްވާތީ މިފަހަރު 50 މީހުން ހޮވާފައިވަނީ ލިބިފައިވާ ކޯޓާ ގެ މައްޗަށް ބިނާކޮށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަސް އަހަރުގެ ދުވަހުގެ ތެރޭގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އަމާޒެއްކަން ފާހަގަކުރައްވަމުން ވަޒީރު ޝަހީމް ވިދާޅުވީ މިއީ އިސްލާމީ ދައުލަތެއްގެ ތެރޭގައި ބިނާ ކުރެވޭ ރަނގަޅު އަސާސެއް ކަމަށެވެ.

ކޮމެންޓް
ރައްޔިތުންގެ ބަސް
ކިއުގަތިބިމީހުންނައް ހައްގު ނުގެއްލޭގޮތައް ތިމީހުން ވެސް ކިއުގަ ޖައްސަންފެނޭ
08 May 2024
ކިޔާމީހާ
ފަޤީރުންނަށް ޙައްޖު ވާޖިބެއް ނުވާނެ. އެކަމް ކިޔުގަ އެތިބީ 2032 ވަނަ އަހަރާ ހަމަޔަށް ފައިސާ ދައްކާ ޙައްޖު ވާޖިބުވެފަތިބި އެތައްބައެއް.
09 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.