ވަޒީރު ޝަހީމް-- ފޮޓޯ: މިނިސްޓްރީ
ހަބަރު
08 May 2024 | 15:30
ޙައްޖުގެ ފަހުން ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މިދަނީ މަސައްކަތް ކުރަމުން: ވަޒީރު ޝަހީމް

މިއަހަރުގެ ހައްޖަށް ފަހު  ކިންގް ސަލްމާން ސެންޓަރު ހުޅުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ، ސަލްމާން މިސްކިތް ރަސްމީކޮށް ނުހުޅިވިނަމަވެސް ބޭނުންކުރާތާ ގިނަ ދުވަސްވެފައިވާކަމަށާއި މިސްކިތުގެ ފިނިކުރާ ނިޒާމް ބަލަހައްޓަން ޖެހޭ ވަރަށް ބަލަހައްޓާފައި ނެތުމުން މަރާމާތުކުރަން ޖެހިފައިވާކަމަށެވެ.

 މިސްކިތުގެ ފިނިކުރާ ނިޒާމުގެ މައްސަލަ ހައްލުކުރުމަށް 6 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާއިރު މި ބަޖެޓް ހޯދުމުގެ ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއިއެކު މައްސަލަ ހައްލުކޮށް، ފިނިކުރާ ނިޒާމު ބެލެހެއްޓުމުގެ މަސައްކަތް ދިވެހި ބަޔަކާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވެސް ވަޒީރު ޝަހީމް ވަނީ ވިދާޅުވެފައެވެ.

"މި ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް މީގެ ކުރިންވެސް އެބަހުރި ބޭރުގެ ފަރާތްތަކަކާއެކު ކޮށްފައި. އެއީ ތުރުކީގެ އެތަން ހެދިއިރުވެސް ސިސްޓަމް ބެލެހެއްޓި ފަރާތްކަމުގައި މައުލޫމާތު ލިބިފައިއޮތީ. އަޅުގަނޑަށް އެންމެ ފަހުން މައުލުމާތު ލިބުނު ގޮތުގައި ރާއްޖޭގައި ވެސް އެބަތިބި މި ސިސްޓަމް ބެލެހެއްޓޭނެ ފެންވަރުގެ މީހުން. އެހެންވީމަ އަޅުގަނޑުމެން މިބަލަނީ ދިވެހިންނާ ހަވާލުކޮށްގެން މިކަންކަން ކުރިއަށްގެންދަން."  

ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވީ މަރާމާތުގެ މަސައްކަތްތަކަށްފަހު ޙައްޖު މަހުގެ ފަހުން ރަސްމީކޮށް ސަލްމާން މިސްކިތް ހުޅުވޭނެ ކަމަށާއި އެކަމަށްޓަކައި ސައުދީއަރަބިއްޔާގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ގެނައުމަށް މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ.

ދާދި ފަހުން ވަޒީރު ޝަހީމް ސައުދީއަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް ކިންގް ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް
ޙަސަން މުފީދު
އެ މިސްކިތް އަދިވެސް ނުހުޅުވާތަ؟ މަ މިދިޔަ އަހަރުވެސް ސަލްމާނު މިސްކިތުގައި ނަމާދު ކުރީމެވެ. ހުޅުވާފަ ހުރީ.
09 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.