ބްރޯޑްކޮމްގެ މެންބަރު ޝިފްލާ
ހަބަރު
09 May 2024 | 11:16
ޓެކްސީން ދަތުރުކުރާ އަގުތައް ކަނޑައަޅާފައިވާ ގޮތާއިމެދު ޝިފްލާ ކަންބޮޑުވުން ފާޅުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ދަތުރު ތަކަށް އަގުތައް ކަނޑައަޅާފައިވާ ގޮތާއިމެދު ބްރޯޑްކޮމް މެންބަރު ޝިފްލާ އިބްރާހީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިފްލާ މީސްމީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ވަނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސަށް ދިޔުމަށް ޓެކްސީ ކުރާ އަގު 40ރުފިޔާގެ ގޮތުގައި ހަމަޖައްސާފައިވާތީ އެ އަގު ކަނޑައަޅާފައިވާ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ.

އެގޮތުން ޝިފްލާ ވިދާޅުވިގޮތުގައި އެންމެ ފަސޭހައިން އުނދަގުލަކާ ނުލާ އެންމެ އަވަހަށް ޓެކްސީއަކަށް ދަތުރުކިރެވޭނީ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށެވެ.  

“މާލޭގެ ހެންވޭރުން މާފަންނަށްދާންވެސް ކުރިން ދުވަހު 25މިނިޓު ޓެކްސީގަ އިންނަށް ޖެހުނު. މާލޭގެ އެއްވެސް ހިސާބަކަށް މިހާރު އޮންނަ ޓްރެފިކްގަ ދާން ފަސޭހައެއް ނޫން. އެކަމު ފޭސް 2އިން 1އަށް އެންމެފަސޭހަ ވެފަ ކައިރި އިރު ވެސް ނަގަނީ 40 (ޓެކްސީ ބޭނުން ކުރާ ފޭސް 2ގަ ދިރިއުޅޭ މީހެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ވިސްނާ ކަމެއްވީމަ ލިޔެލީ).” ޝިފްލާ ވިދާޅުވިއެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި، ޓެކްސީ ތަކުން ދަތުރުތަކަށް އެކި އަގުތައް ނަގަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއްމުން ފާޅުކުރަން ފެށުމާއި ގުޅިގެން މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާނެ އަގުތައް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން ކަނޑައަޅާފައިވާ އަގު ތަކަކީ؛ 

1- މާލެ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި2 ގެ އެތެރޭގެ ދަތުރު 30 ރުފިޔާ

2- މާލެ އިން ހުޅުމާލެ ފިޔަވަހި1 އަށް، އަދި ހުޅުމާލެ ފިޔަވަހި1 އިން މާލެ އަށް 85 ރުފިޔާ

3- މާލެ އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން މާލެ އަށް 100 ރުފިޔާ

4- މާލެ އިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެ އަށް 70 ރުފިޔާ

5- ހުޅުމާލެ ފިޔަވަހި 1 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 1 އަށް 80 ރުފިޔާ

6- ހުޅުމާލެ ފިޔަވަހި 2 އިން ހުޅުލެއަށް، އަދި ހުޅުލެ އިން ހުޅުމާލެ ފިޔަވަހި 2 އަށް 85 ރުފިޔާ

7- ހުޅުމާލެ ފިޔަވަހި1 އިން ހުޅުމާލެ ފިޔަވަހި2 އަށް، އަދި ހުޅުމާލެ ފިޔަވަހި 2 އިން ހުޅުމާލެ ފިޔަވަހި 1 އަށް 40 ރުފިޔާ

ކޮމެންޓް
ނަސީދު
ކިލޯ މީޓަރައް ޗާޖް ކުރަންވީ
10 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.