އަލްހާން ފަހުމީ--
ހަބަރު
09 May 2024 | 16:02
އަލްހާންގެ ޕޮންޒީ ސްކީމަށް އިންވެސްޓްކުރި މީހަކަށް 145،000 ރުފިޔާ ދައްކަން ހުކުމްކޮށްފި

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި މީހަކަށް 145،000 ރުފިޔާ ދައްކަން  ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓަށް ހުށައެޅި މި މައްސަލައިގައި ދައުވާ ހުށައެޅި ފަރާތުން ވަނީ އިންވެސްޓުކުރި 100،000 ރުފިޔާ ގެ ތެރެއިން ބާކީ ނުލިބިވާ 90،000 ރުފިޔާއާއި އިންވެސްޓުކުރި ފައިސާއިން ލިބޭ ލިބޭނެ ކަމަށް ދެ ފަރާތުން އެއްބަސްވި 50 ޕަސެންޓް އަދި ޝަރީއަތަށް ހިނގި ހަރަދުގެ ގޮތުގައި 20،000 ރުފިޔާއާ އެކީ ޖުމްލަ 160،000 ރުފިޔާ ނަގައި ދިނުމަށެވެ.

އެހެންނަމަވެސް، ޝަރީއަތަށްހަރަދުގެ ގޮތުގައި ހިނގި އަދަދުގެ ތަފްސީލު ހުށަހަޅާފައި ނުވާތީ އާއި 20،000 ރުފިޔާ އަކީ ދައުވާއާ ގުޅިގެން ދައުވާލިބޭ ފަރާތުން ނަގައިދިނުމަށް އެކަށީގެންވާ ވަރަށް ވުރެ ބޮޑު އަދަދެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ އޭގެ ބަދަލުގައި އެކަށީގެންވާ އަދަދަކީ 5،000 ރުފިޔާ ކަމަށް ކަމަށް ނިންމާފައެވެ.

އެހެންކަމުން ދައުވާގައި ހޯދުމަށް އެދިފައިވާ 140،000 ރުފިޔާ އާއި އެކު ޝަރީއަތުގެ ހަރަދަށް ހިނގި 5،000 ރުފިޔާ ދެއްކުމަށް އަލްހާން ގެ މައްސަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 7 މެއި އިން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއްފަހަރާ ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ވެސް ޕޮންޒީ ސްކީމަށް އިންވެސްޓް ކުރި ދެމީހަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް އަލްހާން ގެ މައްޗަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމުގައިވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުވާކުރަން ދައުލަތުން ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މި މައްސަލާގައި އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެމީހުންގެ މައްޗަށް މިހާތަނަށް ޖުމްލަ 39 ދަޢުވާއެއް ކޮށްފައިވާނެ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.