މާލޭ މަގުމަތި: ފޮޓޯ/ އިންޓަނެޓް
ހަބަރު
09 May 2024 | 17:07
މިއަދު އެކަނިވެސް މާލޭގައި ދެ އެކްސިޑެންޓާއި ތިން ވައްކަމުގެ މައްސަލަ!

މިއަދުވެސް މާލޭގައި ދެ އެކްސިޑެންޓާއި ތިން ވައްކަމުގެ މައްސަލަ ހިނގައިގެން ފުލުހުންގެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދުގެ ފުރަތަމަ އެކްސިޑެންޓު ހިނގައިގެން އެ އުދާރާއަށް ރިޕޯޓް ކޮށްފައިވަނީ 8:57 ގައި ކަމަށެވެ.

ކޮއިމަލާ ހިނގުން އަމީނީ މަގާއި ގުޅުނު ދެ ސައިކަލް ޖެހި ހިނގި އެ އެކްސިޑެންޓްގައި ބިދޭސީއެއްގެ ވާ އަތު ފަޔަށް އަނިޔާވެފައުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

އޭގެ ފަހުން، މިއަދު 11:50 ކަން ހާއިރު ހަވީރީ ހިނގުމުގައި ހުންނަ ފުންހިޔާ ބިލްޑިންގ ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި އިން ދިވެހި ފިރިހެނެއްގެ ބޯ ފަޅައިގެންގޮސް، ފައިގެ ކަށިމަތި މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށާ، އެމީހާއަށް ފަރުވާ ކުރުމަށް ޕިކަޕެއްގައި އައިޖީއެމްއެޗަށް ގެންގޮސްވާ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވައެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހާގެ ހާލު ރަނގަޅު ކަމަށާ މިހާރު އޭނާގެ އާއިލާއާ ހަވާލު ކުރެވުފައުވާ ކަމަށެވެ. 

މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

ދެ އެކްސިޑެންޓްގެ އިތުރުން، މާލޭ އަބަދަށްފެހި މަގުގައިހުރި ނިޔުލައިން ފިހާރައިން ވައްކަން ކޮށްފައިވާ ކަމަށް 7:54 ގައި ރިޕޯޓް ކުރި އިރު ހަމަ އެ މަގުގައި ހުރި ބޭސް ފިހާރައަކުން ވައްކަން ކޮށްފައިވާ ކަމަށް 8:30 ކަންހާއިރު ރިޕޯޓް ކޮށްފައުވާ ކަމަށް އޮފިޝަލް ވުދާޅުވިއެވެ. 

އޭގެ އޮތުރުން އުތުރު ބަނދަރުގައި އޮތް ބޯޓަކުން ދިހަ ގޭސް ފުޅި (ލުއި ފުޅި) ވަގަށް ނަގާފައުވާ ކަމަށް މިއަދު 8:46 ކަންހާއިރު ރިޕޯޓްކޮށއފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

މި ވައްކަމުގެ މައްސަލަ ތަކާއި ގުޅިގެންވެސް އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިވާ ނުވާ ކަމަށާަ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.