ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް
ހަބަރު
11 May 2024 | 12:19
މިއަދު ސަރުކާރު ހިންގަންތިބީ އިންޑިޔާ ސިފައިން ބޭލުމަށް މަސައްކަތްކޮށް އަނިޔާ ލިބުނު މީހުން: މުހައްމަދު

އަދުގެ ސަރުކާރު ހިންގަން ތިބީ ދިވެހިރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް މަސައްކަތްކޮށް އަނިޔާ ލިބުނު މީހުން ކަމަށް ވިލިމާލޭ ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ހުރިހާ އިންޑިޔާ ސިފައިން މިހާރު ރާއްޖެއިން ފައިބައިވާ ކަމަށް މިމަހު 9 ވަނަ ދުވަހު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެ ސިފައިންގެ ބަދަލު މިހާރު ތިބީ މަދަނީ މީހުން ކަމަށްވެސް އިންޑިޔާއާއި ސަރުކާރުންވެސް ބުނެފައިވެއެވެ. 

އެކަމާއި ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވަނީ، ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެ ދޫކޮށް ދިޔަ ކަމަށް ބުނާ ވާހަކަތަކަކީ މުޅިން ވެސް ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. 

"އިންޑިއާގެ އަސްކަރީ ސިފައިން ވަރަށް ބޮޑަށް މިތާ އެބައޮތް. އިންޑިއާގެ ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރުތަކާއި، ޑޯނިއާ މަތިންދާ ބޯޓަކާއި، ރާޑަ ސްޓޭޝަންތަކާއި، ނޭވަލްގެ މުވައްޒަފުން މިތަނުގައި އެބަތިބި،" މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ޑރ. މުއިއްޒުއާ ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ.

އުމަރު ނަސީރުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި މުހައްމަދު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އުމަރު ނަސީރު އެފަދައިން ވިދާޅުވެ ނޫސްތަކުގެ ފަލަ ސުރުހީ ހައްދަވާއިރު، އޭނާ އަކީ ދިވެހިރާއްޖޭގައި އިންޑިޔާ ސިފައިން ތިބެގެން “ތިމާމެންގެ ގަމީހަށް ރުލެއް އަރުވާ ނުލާ” ބޭފުޅެއް ކަމަށެވެ.

އިންޑިޔާ ސިފައިން ދިވެހިރާއްޖެއިން ބޭލުމަށް ގުރައުންޑުގަ މަސައްކަތްކޮށް އަނިޔާ ލިބުނު މީހުން މިއަދު ސަރުކާރު ހިންގަނީ

މުހައްމަދު އިސްމާޢީލް

މިއާއެކު މުހައްމަދު ވިދާޅުވީ، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެލައްވާ ގޮތައް ކަންކަން ކުރަށްވަމުން ގެންދަވާތަން ސާފުކޮން ފެންނަމުންދާ ކަމަށާ އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ އިތުބާރާ ލޯބި އެމަނިކުފާމަށް އިތުރުވަމުންދާ ކަމަށެވެ. 

ކޮމެންޓް
ނަސްރު
ނޫން ހައްދުފަހަނައެޅި ކަންކަން ކުރިމީހުން. ދޮގުހެދުމާ އޮޅުވާލުމާ، ލޫޓުވުމާއި މަކަރާއި ޙީލަތަކީ ކުރެވޭ ޖިހާދެއްކަމަށް ދެކެންތޯ؟
11 May 2024
ރިޒާ
އިންޑިއާ އެންމެ ސިފައިންގެ މީހަކުވެސް ނުބޭލުނު
11 May 2024
ކޮސް
ލާރި ދަބަސް ބަހައްދިޔަ ބެމްބަރު. ހައްޔަރުކުރައް ޖެހޭނެ
11 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.