ޚާރިޒީ ވަޒީރު މޫސާ ޒަމީރު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 May 2024 | 13:32
އިންޑިޔާ ސިފައިންގެ ބަދަލުގައި އައީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން؛ މިނިވަންކަމަށް ބުރޫ ނާރާނެ: ޒަމީރު

ދިވެހިރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށްފަހު، މިހާރު ރާއްޖެ ގެނެވިފައިވަނީ އިންޑިޔާގެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށާ އެމީހުންގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޚާރިޒީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ރިޔާސީ އެންމެ ބޮޑު ވަޢުދު ކަމުގައިވާ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމުގެ ވަޢުދު ފުއްދަވާފައިވާކަން ސަރުކާރުން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. 

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޒަމީރު ވިދާޅުވީ، މަދަނީ މީހުންގެ ގޮތުގައި ހެލިކޮޕްޓަރ ދުއްވަން ރާއްޖެ އައިސްފައިވަނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށެވެ. 

“އެއީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ މީހުން އައިސް އެތިބީ. އަޅުގަނޑު އެނގުފައި އޮތް ގޮތުން އެއީ އެ ހެލިކޮޕްޓަރ އުފެއްދި ކުންފުނީގެ މީހުން.”

ޚާރިޒީ ވަޒީރު މޫސާ ޒަމީރު 

މިއާއެކު ހެލިކޮޕްޓަރ ދުއްވުމަށް އައި މަދަނީ މީހުންގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ގެއްލުން ނުވާނެތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، އެއްވެސް ގައުމެއްގެ އަސްކަރިއްޔާގެ ބޭފުޅުން ދިގު މުއްދަތަކަށް ގާއިމްވެ ތިބުމަކީ އެ ގައުމެއްގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އެ ސަބަބަށްޓަކައި، އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމަކީ މި ސަރުކާރުގެ ވައުދެއްގެ ގޮތުގައި ކަނޑައަޅައި އެ ވައުދު ފުއްދެވީ ކަމަށް ޒަމީރު ވިދާޅުވިއެވެ. 

ސިވިލިއަނުން ތިބެގެން (ސިޔާދަތަށް) އެ ގެއްލުން ވާކަމަށް އަޅުގަނޑުމެންނަށް އެ ފީޑްބެކެއް ނުލިބޭ އަދި. މީގަ ހަގީގަތުގައި މައްސަލަ އަކީ މިލިޓަރީ ރާއްޖޭގައި ތިބުން. ސިވިލިއަނުންގެ ގޮތުގައި ވަރަށް ގިނަ މަސައްކަތް ކުރަން ވަރަށް އިންޑިޔާ މީހުން ނޫނީ ސިލޯނު މީހުން ނޫނީ ބަންގްލަދޭޝް މީހުން އެ ތިބޭ ދެއްތޯ. އެކަމު އޭގެ ސަބަބުން މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް އަޅުގަނޑު މެންނަކަށް ހަމަ ގައިމުވެސް އަޅުގަނޑަކަށް ނުދެކެވޭ. އަދި ރައްޔިތުންނަށްވެސް ދެކެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ 

ޚާރިޒީ ވަޒީރު މޫސާ ޒަމީރު 

ޒަމީރު ވިދާޅުވީ، ރާއްޖޭގައި ބޭރުގެ މަދަނީ މީހުން މަސައްކަތް ކުރުމުގެ ސަބަބުން މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް ރައްޔިތުންނަށް ދެކެވޭ ނަމަ، ސަރުކާރުން އެކަމާއި ދޭތެރޭގައި ފުންކޮށް ވިސްނާނެ ކަމަށެވެ.  

ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް

ޒަމީރުގެ ވާހަކައާއި ގުޅިގެން ޑިފެންސް މިނިސްޓަރ ޣައްސާން ވަނީ، މިލިޓަރީ އަކީ “ކޮމާންޑް އެންޑް ކޮންޓްރޯލް ވަކި ހައިރާކީއެއްގެ ދަށުން ހިނގާ ސިސްޓަމެއް” ކަން ފާހަގަކުރައްވާފައެވެ. 

މިލިޓަރީ މީހުން ތަބާވާންޖެހޭނީ މިލިޓަރީ ކޮމާންޑާސް އަށް. ސިވިލިއަނުން މިތާނގައި އޮޕަރޭޓް ކުރަން ތިބީމަ އަޅުގަނޑުމެންނަށް ކަށަވަރު ކުރެވެނީ މި އެސެޓްސްގެ ފުރިހަމަ ސިޔާދަތު އޮތީ ދިވެހިންގެ އަތުގައި ކަން. އެއީ ކޮމާންޑް އެންޑް ކޮންޓްރޯލް މިހާރު ހަމަޖެހުފައި އޮތް ސިސްޓަމުން އަޅުގަނޑުމެން ހުއްދަދީގެން މެނުވީ އެމީހުންނަށް ފްލައި ނުކުރެވޭނެ

ޣައްސާން މައުމޫން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ ސިފައިންގެ ތެރެއިން ރާއްޖެއިން ފައިބައިގެން ދިޔަ މީހުންގެ ޖުމްލަ އަދަދުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބު ތަކުގައި އަސްކަރީ މަސައްކަތް ކުރަން ތިބި 76 ސިފައިން ފައިބައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.