އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އިންޑޯ ޕެސިފިކް، އޭން މެރީ ޓްރެވެލިއަން, ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފާއި ބައްދަލުކުރެއްވުން - ފޮޓޯ: އެކްސް
12 May 2024 | 21:54
އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އިންޑޯ ޕެސިފިކް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދަ އިންޑޯ ޕެސިފިކް، އޭން މެރީ ޓްރެވެލިއަން ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިކަން ހާމަ ކުރައްވާ ވަޒީރު ޓްރެވެލިއަން އެކްސްގައި ކުރެއްވި ޕޯސްޓެއްގަިއ ވިދާޅުވީ، މި ދަތުރުފުޅަކީ ވަރަށް އުފެއްދުންތެރި، ދަތުރުފުޅެއް ކަމަށާއި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެއްވި ކަމަށެވެ.

މި ދަތުރުފުޅުގައި ވަޒީރު ޓްރެވެލިއަން ވަނީ ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފާއި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިގު އިބްރާހީމާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުން ހާމަކުރެއްވިގޮތުގައި، ދިވެހި ވަޒީރުންނާ ބައްދަލުކުރައްވާ، ވަޒީރު ޓްރެވެލިއަން ކުރެއްވި މަޝްވަރާތަކުގައި އަލިއަޅުވާލާފައިވަނީ އަދުލު އިންސާފު އިސްލާހުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ވިޔަފާރިއާއި ސަލާމަތީ ދާއިރާއާ ގުޅުންހުރި ކަންކަމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކަށެވެ.

އަދި މި ދަތުރުފުޅުގައި ވަޒީރު ޓްރެވެލިއަން ވަނީ ދިވެހި އަންހެން ފަނޑިޔާރުންނާ ބައްދަލުކޮށް، އަދުލު އިންސާފުގެ ދާއިރާއަށް އެހީތެރިވުމަށް ހިންގާ އިނގިރޭސިވިލާތުގެ ޕްރޮގްރާމްތަކުގެ އަސަރު އަޑުއަހާ، އަންހެން ފަނޑިޔާރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެފަ އެވެ.

މީގެ އިތުރުން ވަޒީރު ޓްރެވެލިއަން ވަނީ ދިވެހިރާއްޖޭގައި ހިންގާ ދިވެހި އަދި އިނގިރޭސިވިލާތުގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ދަތުރުފުޅުގައި ވަޒީރު ޓްރެވެލިއަން ވަނީ އިނގިރޭސިވިލާތުގެ އެއްބާރުލުމާއެކު ރާއްޖޭގައި ޤާއިމުކޮށްފައިވާ، މެރިން ޕްލާސްޓިކް ލެބަށް ޒިޔާރާތް ކުރައްވާފައެވެ.

ވަޒީރު ޓްރެވެލިއަންގެ ދަތުރުފުޅު މިއަދު ނިންމާލެއްވި އިރު، ވަޒީރު ދިވެހިރާއްޖެއަށް ވަޑައިގެންނެވީ، މޭ މަހުގެ 9 ވަނަ ދުވަހުއެވެ. މިއީ ދެ އަހަރަށްފަހު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސި ވަޒީރެއް ރާއްޖެއަށް ޒިޔާރާތްކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.