އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް-- ފޮޓޯ: މަޖިލިސް
ހަބަރު
13 May 2024 | 14:00
މަޖިލީހަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް, މިއީ މެންބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ފަހު ދުވަސް: ރޮޒައިނާ

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެ ވިސްނުމެއް ނެތް ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވާ ފަހު ދުވަސް ކަމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، މިއަދަކީ 15 އަހަރު ދުވަހަށް ފަހު އޭނާ ރައްޔިތުންގެ މަޖިލީހާއި އަލްވަދާއު ކިޔާ ދުވަސްކަމަށާއި، ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިއަދަކީ 15 އަހަރު ދުވަސްކޮށްފައި، މި މަޖިލީހާއި އަޅުގަނޑު އަލްވަދާއު ކިޔާ ދުވަސް. އަޅުގަނޑުގެ ވިސްނުމެއް ނެތް ދެން ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލުމުގެއެއް. އެހެންވީމަ މިއަދަކީ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާ ފަހު ދުވަސް."

ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، ތުލުސްދޫ ދާއިރާ އާއި އައްޑޫމީދޫ ދާއިރާގެ ރައްޔިތުން އޭނާ އާއި ހަވާލުކުރެއްވި މަސައްކަތްތައް 15 އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އޭނާގެ ގޮނޑި "ނީލަމުގައި" އިން އެންމެ ދުވަހެއް ވެސް އައިސްފައިނުވާނެ ކަމަށެވެ.

ހަމައެއާއިއެކު، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދާއިރާގެ ކުރިއެރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، މީދޫ އާއި މަރަދޫ ފޭދޫ އަކީ އައްޑު ސިޓީގެ އެންމެ އަޅާނުލެވި އޮތް ދެރަށަށްވާއިރު ނިމިދިޔަ ސަރުކާރުގައި މި ދެރަށަށް ވަރަށް ބޮޑު ތަރައްގީއެއް ގެނެސްދެވުނު ކަން ރޮޒައިނާ ފާހަގަކުރެއްވިއެވެ.

" ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރުމަކީ އަންހެނަކަށް ހާއްސަކޮށް ފަސޭހަ ކަމެއް ނޫން. މި މަޖިލީހުގެ ތަޅުމުގައި އަޅުގަނޑަށް ވެސް ވަރަށް ގިނަ ކަންތައްތައް ދިމާވެފައިވަނީ. އޭގެއިތުރުން ސޯޝަލް މީޑިއާ އާއި އެކު ގޮތްގޮތަށް ވަރަށް ގިނަ ފުރައްސާރަތަކާއި ކުރިމަތިލާން ޖެހިފައި އޮތީ."

ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ގެ އާއިލާ އާއި ރައްޓެހިންގެ އިތުރުން އެކީގައި މަސައްކަތް ކުރެއްވި މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމުގެ ސަބަބުން މިއަދު މަޖިލީހުން ނުކުމެގެންދަނީ ވަރަށް ޖޯޝާއި ފޯރީގައިކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ 3 އަންހެން މެމްބަރުންނާއި އެކީގައި މަޖިލީހަށް ވަޑައިގަންނަވާ ފިރިހެން ބޭފުޅުންގެ އެއްބާރުލުން ލިބި ރަނގަޅު މަސައްކަތްތަކެއް ކުރުމުގައި އެހީތެރިވެދެއްވުމަކީ އެދުމެއް ކަމަށެވެ. 

"މި މަޖިލީހަކީ ބައެއް ފަހަރަށް އަޅުގަނޑުމެން ކުރަން އުޅޭ މަސައްކަތުގައި އަމިއްލަ ޕާޓީން ވެސް އެއްބާރުލުން ނުލިބޭ ތަނެއް. އެކަމަކު މުސްތަޤުބަލުގައި ވެސް އަޅުގަނޑު އުންމީދު ކުރަނީ އެކަން އެހެން ނުވެ ވަރަށް ރަނގަޅަށް ކަންތައްތައް ދާނެ ކަމަށް." 

ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް މެމްބަރުން ހޮވާއިރު ރައްޔިތުންގެ މަޖިލީހަކީ ހަމައެކަނި ތަޅުމުގައި ވާހަކަދައްކާ ތަނެއް ނޫންކަމަށާއި، އެއީ ކޮމިޓީގެ އެތައް ބުރަ މަސައްކަތްތަކެއް ކުރާ ތަނަކަށް ވާއިރު، ކޮމިޓީތަކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ބަޔަކު ހޮވުމަށް ރައްޔިތުން ހަނދާންކުރުމަށް ރޮޒައިނާވަނީ އެދިލައްވާފައެވެ.

ކޮމެންޓް
މހނ
ކުރިމަތި ލުމިގެ ވިސްނުމެއް ނުހުންނާނެ ކުރިމަތި ލުމުގެ ވިސްނުން ހުއްޓަސް ނޮހޮވޭނެކަން އޭނަޔައް ވަރައްރަގަޅައް އެގޭނެ މިހާރުތިބީ ކިޔަވައިގެން ތިބިކުދިން ބުނަނީ އޭނަޔައް ވޯޓެއްނުދޭނަމޯ
13 May 2024
މޮޅުމީހާ
ދެން ބޭނުންވިޔަސް ނުވާނެ
13 May 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.