ރައީސް މުޢިއްޒު އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ހަބަރު
13 May 2024 | 14:56
އިންޑިއާ އިން ދިން 50 މިލިއަން ޑޮލަރުގެ ލޯން 1 އަހަރަށް ފަސްކޮށްދީފި

އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފިއެވެ. 

މިކަން ހާމަކޮށް ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަޖެޓު ސަޕޯޓަށް ދިން އެ ޓީބިލު ދެއްކުން ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމީ މިދިޔަ ހަފުތާ ތެރޭ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މެއި މަހުގެ 8 އިން 10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖެއިޝަންކަރާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ.

އަދި އިންޑިއާގެ ފަރާތުން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ވެދޭ އެހީތެރިކަން ވަރަށް ބޮޑަށް ބަލައިގަންނަ ކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ ރާއްޖޭގައި މިހާރު ވެސް އުމްރާނީ ގޮތުން ހިނގަމުން އަންނަ ބޮޑެތި މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން އޮތް ކަން ފާހަގަކޮށްފައެވެ. 

އަދި ދެ ގައުމުގެ ގުޅުމުން ހަރުދަނާކޮށް ދެ ގައުމަށް ވެސް ފައިދާވާނެހެން އެކީ މަސައްކަތްކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ސަރުކާރުން އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިކަމާއި ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ފައިސާ ދެއްކުން ފަސްކޮދިނީ އިންޓަރެސްޓް ނާރާ ގޮތަށް ކަމަށެވެ.

އިންޑިޔާއިން މި ނިންމި ނިންމުމަށް މަރުހަބާ އާއި ޝުކުރު ދަންނަވައި ޚާރިޖީ ވަޒީރުވެސް ވަނީ މިއަދު އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އަދި އެއިން ދައްކައިދެނީ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ކަމުގައިވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.