ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 May 2024 | 22:39
ރައީސް ޑރ.މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރު ހުރިހާ ސްކޫލެއް އޭސީ ކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށަން ނިންމަވައިފިއެވެ. 

ތަޢުލީމީ ވުޒާރާއިން މިއަދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް މިއޮތް ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އިރާދަކުރެއްވިއްޔާ، 2 އަހަރު ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއެކު ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށެވެ.

"ޢިއްޒަތްތެރި ރައީސުލްޖުމްހުރިއްޔާގެ ލަފާފުޅާއެކު، ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ ޢަމަލީ މަސައްކަތް މި މޭ މަހުގެ ފަހު ހަފްތާގައި އިފްތިތާޙު ކުރާނަން" 

ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ސަރުކާރު ސްކޫލުތަކުގެ ކްލާސްރޫމްތައް އެއަރ ކޮންޑިޝަންކޮށް މި ފެށޭ ދިރާސީ އައު އަހަރުން ފެށިގެން ސޯލާ ޕަވަރ ބޭނުންކުރެވޭ އިޢާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހުއެވެ.

މާޗު މަހުގެ 6 ވަނަ ދުވަހުގެ ރޭ ދ. މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސުކޫލްތަކުން ކިޔަވާ ދަރިވަރުންނާއި މުދައްރިސުންގެވެސް އެންމެ ބޮޑު އެދުމަކީ، ކިލާސްރޫމްތައް އޭސީ ކޮށްދިނުންކަމަށެވެ. އެހެންކަމުން ސޯލާ ޕަވަރ ބޭނުންކޮށްގެން، ކިލާސްތައް އޭސީ ކުރަން ބޭނުންވާ ސުކޫލްތަކަށް އެ ފުރުސަތު ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ސްކޫލްތަކުން ކިޔަވާ ކުދިންނާއި ޓީޗަރުންވެސް އެންމެ ބޮޑަށް އެދޭ އެއްކަންތައް. ވަރަށް ކްލާސްރޫމްތައް ހޫނުކޮށް ހުންނަ ވާހަކަ. އޭސީ ކޮށްދޭން އެދޭ ވާހަކަ. ކޮންމެމަހަކު ކަރަންޓް ބިލް ދައްކަން ބަލާއިރު މިކަން ކުރުމަކީ ދެކޮޅުޖެހޭނެ ކަމަކަށްވެސް ނުވޭ. އެހެންވީމަ އަޅުގަނޑުމެން ގަސްދުކޮށްފަ މިއޮތީ މިއަންނަ އަހަރުން ފެށިގެން ސޯލާ ޕަވަރ ބޭނުންކުރެވޭ ރިނިޔުބަލް އެނާޖީ ޕްރޮޖެކްޓްސް ތަކެއް ހުރިހާ ސްކޫލެއްގަ ހިންގަން. ހިންގައިގެން އެއާއި ގުޅުވާލައިގެން އޭސީ ކުރަން ބޭނުންވާ ސްކޫލްތަކަށް އެ ފުރުޞަތުދޭން"

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް، މި މަޝްރޫޢާ ގުޅިގެން އިތުރަށް ވިދާޅުވީ، މި މަޝްރޫޢު، ފުރަތަމަ ފަހަރު ވާނީ އިންވެސްޓްމެންޓަކަށް ކަމަށާއި، ދެން އޭގެން ލިބޭ ހަކަތައިން ދެމެހެއްޓެނިވި ގޮތެއްގައި ކްލާސްރޫމްތައް އޭސީ ކުރެވިގެންދާނެ ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ކިލާސްތައް އޭސީ ކުރުމުގެ މަޝްރޫޢު ފެށިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ޑރ. މުޢިއްޒު ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.