ރާއްޖޭގެ ދަނޑެއް
ހަބަރު
16 May 2024 | 15:05
ރާއްޖެއިން ބޭރުން އެތެރެކުރާ، އަދި ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ސާމްޕަލް ބޭރަށް ފޮނުވައިގެން ތަހުލީލް ކުރަން ފަށަނީ

ރާއްޖެއިން ބޭރުން އެތެރެކުރާ، އަދި ރާއްޖޭގައި ހައްދާ ކާބޯތަކެތީގެ ސާމްޕަލް ބޭރަށް ފޮނުވައިގެން އޭގައި ކެމިކަލް ހުންނަ މިންވަރު ތަހުލީލް ކުރަން ނިންމާފައިވާ ކަމަށް ސިއްހަތާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުالله ޚަލީލް ވިދާޅުވެއްޖެއެވެ. 

ސިއްހަތާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޚަލީލު،  ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ތަފާތު ކެމިކަލްތައް ބޭނުންކުރާ ކަމަށެވެ. އެހެން ނަމަވެސް، ދަނޑުވެރިކަން ކޮށްގެން ހައްދާ ތަކެތީގައި ކެމިކަލް ހުންނަ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ ހުރިހާ ޓެސްޓެއް ރާއްޖެއިން ނުހެދޭ ކަމަށެވެ. 

އެހެންކަމުން، އެތަކެތީގެއާއި، ރާއްޖެ އެތެރެކުރާ ތަރުކާރީ އަދި މޭވާ ފަދަ ތަކެތީގައި ކެމިކަލް ހުރި މިންވަރު ބެލުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ފަށަން ނިންމަވާފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. 

ތަކުރާރީއާއި މޭވާ ހައްދާއިރުވެސް ތަފާތު ކެމިކަލްތައްވެސް އެބަ ބޭނުންކުރޭ. އެހެންވީމާ މި ކެމިކަލްހުރި މިންވަރު ދެނެގަތުމަށް ރާއްޖޭގައި ހެދެނީ ވަރަށް މަދު  ޓެސްޓް ތަކެއް. އެހެންވީމާ އެ ސާމްޕަލް ކަލެކްޓްކޮށް ރާއްޖެއިން ބޭރަށް ފޮނުވަންޖެހޭ ހާލަތެއްގައި ރާއްޖެއިން ބޭރަށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސަން މަޝްވަރާ ކުރެވޭ. ހަމަ އެއާއެކު ރާައްޖެ އެތެރެކުރެވޭ ތަރުކާރީ މޭވާ އަދި ފަތްޕިލާވެލި މި ތަކެއްޗަކީވެސް ފުޑްސޭފްޓީ ކަށަވަރުވާ ތަކެތިތޯ އެބަޖެހޭ ބަލަން. އެކަން ކުރުމަށްވެސް ރާއްޖެއިން ނުކިރެވޭ ޓެސްޓް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރަން. މިކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކައިރި މުސްތަގުބަލެއްގައި ފަށާނަން

ވަޒީރު ޑރ. އަބްދުالله ޚަލީލް 

އެ ޓެސްޓްތައް ހެދެން ފެށުމުން ކެވޭ ކާބޯތަކެތީގައި ނުރައްކާތެރި މާއްދާތައް ހުރީ ކިހާ މިންވަރަކަށް ކަން އެނގިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖެ އެތެރެކުރާ ފަރާތްތަކަށްވެސް ރައްކާތެރި ކާބޯތަކެތި އެތެރެކުރުމަށް ބާރު އެޅިގެންދާނެ ކަމަށް ވަޒީރު ވިދާޅުވުއެވެ. 

ހަމަ އެހެންމެ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ވެސް، އެ ފަރާތްތަކުން އުފައްދާ ތަކެތި ރައްކާތެރިގޮތުގައި ގިނަ ކެމިކަލް ބޭނުން ނުކޮށް އުފެއްދުމަށް ބާރުއެޅިގެންދާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. 

އެހެންކަމުން. އެކަން ފެށިގެން ދިޔުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ކާމީހާ
މިރާއްޖޭން ތިޓެސްޓް ހެދޭނެ ފެސިލިޓީ ގާއިމްކޮށްފައި ޓެސްޓް ހަދާބަލަ، ބޭރަށްފޮނުވައިގެން ޓެސްޓް ހަދައިގެން ގެނެސް ނަތީޖާ ލިބޭއިރު ހުންނާނީ ކެވޭއެއްޗެއް ކެވި، ވާއެއްޗެއް ވެ ނިމިފަ،
16 May 2024
ޠުން
ދެމެހެއްޓެނިވިގޮތަކަށް ހަރަދުކުޑަކޮށް ތިކަން ކުރެވޭނީ ފަހަށްނަމަވެސް ރާއްޖޭގަ ތަހުލީލުކުރެވޭނެ އިންތިޒާމު ރާވައިގެންހެން ހީވަނީ
17 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.