ސިއްހަތާއި ބެހޭ ވަޒީރު ޑރ އަބްދުالله ޚަލީލް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 May 2024 | 16:50
ރާއްޖޭގައި އޯގަން ޓްރާންސްޕަލާންޓްގެ ޚިދުމަތް ފަށަން ޤާނޫނެއް އެކުލަވާލަނީ

ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓު ނުވަތަ ގުނަވަން ބަދަލު ކުރާ އޮޕަރޭޝަންގެ ޚިދުމަތް ތައާރަފް ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޯގަން ޓްރާންސްޕްލާންޓް، ޚާއްސަކޮށް ކިޑްނީ ފަދަ ގުނަވަންތަކުގެ ޓްރާސްޕްލާންޓް ކުރުމަށް ގާނޫނީ ހުރަސްތައް ހުރިކަން ފާހަގަކޮށް އެ ހުރަސް ނައްތާލުމަށް ސަރުކާރުގެ ވިސްނުން ހުރިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، އޯގަން ޓްރާންސްޕަލާންޓު ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ގާނޫނެއްގެ ތެރެއިން ހަރުދަނާ އުސޫލުތަކަކާއެކު ކުރާ ކަންތައްތަކެއް ކަމަށެވެ.

އެހެންކަމުން, އެކަމާބެހޭ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށިގެން ދިޔުމުން އެކަމާއި އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން އެކަމާ (އޯގަން ޓްރާންސްޕްލާންޓް) ގުޅުން ހުރި އެކި ފަރާތްތަކާ ގުޅިގެން. އެކަން ކަމަކީ ހަރުދަނާ އުސޫލުގެ ތެރެއިން ނޫނީ ކުރެވޭނެ ކަންކަމެއް ނޫން. އެ ގާނޫނު އަދި މިހާރުން މިހާރަށް ނަޔަސް، އަޅުގަނޑުމެން އެފަދަ ފަރާތްތަކަށް މިހާރުވެސް ފައިސާ އަދި އެހެނިހެން ލުއިތައް ފޯރުކޮށްދެމުން މިދަނޫ. އޭގެ އިތުރުން، ގާނޫނު އަޅުގަނޑުމެން މި ބަލަނީ, އަލަށް އަންނަ މަޖިލީހުގެ ތެރެއިން ވުޖޫދު ކުރެވޭނެ ކަމަށް,"

މިނިސްޓަރު ޑރ. އަބްދުالله ހަލީލް

އޯގަން ޓްރާންސްޕްލާންޓާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމުން އެ ހިދުމަތް ވެސް ރާއްޖޭގައި ގާއިމުވެގެންދާނެކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ, ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.