އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުންނާއި އެކު އެއްބަސް ވުމުގައި ސޮއެކުރުން: ފޮޓޯ/ އެމްއޭސީއެލް
ހަބަރު
19 May 2024 | 10:48
ވީއައިއޭއިން ހޯސްޓް ކުރާ އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕާޓްނަރުން އިއުލާން ކޮށްފި

ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މި އަހަރު ރާއްޖޭގައި ބާއްވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024ގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގައި އެއްބަސްވުމުގައި އިއްޔެވަނީ ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ވީއައިއޭ ހިންގަމުންދާ އެމްއޭސީއެލްގެ އެމްޑީ، ޑެޕިޔުޓީ އެމްޑި އަދި އިސް އެހެނިހެން ބޭފުޅުންނާއި ޕާޓްނަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ ވެލާނާ އެއާޕޯޓް ތަރައްގީ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އިސްކަންދެއްވާފައި ވަނީ ދުރުވިސްނުންތެރި މާސްޓާ ޕްލޭނަކާއެކު ކަމަށެވެ. އަދި މި ޕްލޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްގޮތަށް، އޭވިއޭޝަން ދާއިރާއަށްވެސް ތަނަވަސްކަން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ވެލާނާ އެއާޕޯޓަކީ، އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ އިގްތިސޯދާއެކު، މި ބަދަލުގެ މައިގަނޑު އަސާސަކަށް ވެގެންދާނެ. މިކަމުގެ ސަބަބުން މި އެއާޕޯޓާއި ދުނިޔެއާ ދެމެދު އިތުރު ގުޅުމެއް އުފެދިގެންދާނެ. މި ހަރަކާތުގައި ބައިވެރިވެ، ދެމެހެއްޓެނިވި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، މުސްތަގުބަލުގައި ކާމިޔާބީ އަށް އަމިއްލަ ނަފްސަށް ޖާގަ ދޭނެ."

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އިވެންޓް ޕާޓްނަރުންނަކީ

• ރިސޯޓް ޕާޓްނަރުން: ޝެރެޓަން، މަލަހިނި

• ވެނިއު ޕާޓްނަރު: ކުރުނބާ މޯލްޑިވްސް

• ޑިޖިޓަލް ޕާޓްނަރު: ދިރާގު

• ސީޕްލޭން ޕާޓްނަރު: ޓީއެމްއޭ

• އެއާލައިން ޕާޓްނަރު: އެމިރޭޓްސް

• އޭވިއޭޝަން ޕާޓްނަރު: މޯލްޑިވިއަން

• މީޑިއާ ޕާޓްނަރުން: އައިލެންޑް ޗީފް، އޯރްކާ މީޑިއާ، ހޮޓެލިއަރ މޯލްޑިވްސް، ދަ އެރައިވަލް، ޓްރެވެލިއުޝަން މީޑިއާ

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ އެންޑޯސްމަންޓް ޕާޓްނަރުން:

•މިނިސްޓްރީ އޮފް ޓޫރިޒަމް

• މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން (މޮޓްކާ)

• މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)

• މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަގްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސްގައެވެ.

މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ހިދުމަތުގެ ކުރިއެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.

މި ހަރަކާތުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުން 300 މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، މީގެ ތެރޭގައި އެއާޕޯޓް އެންޑް ރޫޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވްއިންނާއި އެއާލައިން އެގްޒެކެޓިވްއިންނާއި އެއާލައިން ނެޓްވޯކިން ޕްލޭނަރުންނާއި އޭވިއޭޝަން ސަޕްލަޔަރުންގެ އިތުރުން އޭވިއޭޝަން އަދި ޓޫރިޒަމް އިދާރާތަކުގެ އިސް ބޭފުޅުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި