އީރާން ގެ ރައީސް އަވަހާރަވުމާއި ގުޅިގެން އެގައުމުގައި ހިތާމަ ފާޅުކުރަނީ-- ފޮޓޯ: އަންކަރަ
ދުނިޔެ
21 May 2024 | 13:26
އީރާންގެ ރިޔާސީ އިންތިހާބު ޖޫން 28 ގައި ބާއްވަނީ

އީރާން ގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެން އީރާން ގެ ރިޔާސީ އިންތިހާބު މި އަހަރުގެ ޖޫން 28 އަށް އަވަސް ކުރުމަށް ނިންމައިފިއެވެ.

އެގައުމުގެ ދައުލަތުގެ ނޫސް އެޖެންސީ އިރްނާ އިން ބުނާ ގޮތުގައި އީރާނުގެ 14 ވަނަ ރިޔާސީ އިންތިހާބު މިފަދައިން ބޭއްވުމަށް ނިންމާފައިވަނީ އެގައުމުގެ ޝަރުއީ ދާއިރާ އާއި ގާނޫނު ހަދާ ބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

އެގޮތުން މި އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށްވާއިރު، ކެނޑިޑޭޓުން ކެމްޕެއިން ކުރުމަށް ފުރުސަތުދޭނީ ޖޫން މަހުގެ 12 އިން އެމަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ.

އީރާން ގެ ރައީސް ރައީސީ އަވަހާރަވެފައިވަނީ އީރާން-އަޒަރުބައިޖާންގައި އޮތް ހަފްލާއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވަނިކޮށް ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް މައްސަލައެއް ދިމާވެ، ވެއްޓުމާއި ގުޅިގެންނެވެ.

އެވަގުތު އެ ހެލިކޮޕްޓަރުގައި އީރާނުގެ ފޮރިން އެފެއާޒް މިނިސްޓަރު ހުސައިން އަމީރު އަބްދުﷲ އާއި އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކު ރަހުމަތީ އާއި ތަބްރީޒް ޕްރޮވިންސް ގެ އިމާމު  އާޔަތުﷲ އަލީ ހާޝިމް ވެސް ދަތުރުކުރެއްވިއިރު، މިހާދިސާގައި މި ހުރިހާ ބޭފުޅުން ވެސް ވަނީ އަވަހާރަވެފައެވެ.

މި ހާދިސާ އާއި ގުޅިގެން އެގައުމުގެ ވަގުތީ ރައީސް ކަމުގެ މަގާމް ފުރުއްވަމުން ގެންދަވަނީ އީރާނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު މޮޚްބެރު އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.