ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ގެންދިޔަ ކޭކު އެޅުމުގެ ކޯހުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
21 May 2024 | 15:30
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައު ހުނަރުތައް ދަސްކޮށްދެނީ

ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ފަރާތްތައް ރީހެބިލިޓޭޓްކޮށް، އައު ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދަން ފަށައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މިއީ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ގިނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބަލާއިރު، އެ ފަރާތްތަކަށް ހެލިފެލިވެ އުޅުމުގައާއި ވަކި ރޫޓީނަކަށް ނުވަތަ ތާވަލަކަށް ދުވަހުގެ ކަންކަން ބަހާލައި ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ ކުރިއަށް ގެންދާ ޕްރޮގްރާމްތަކެއް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްތަކުގެ ދަށުން މިދިޔަ ހަފްތާގެ ތެރޭގައި މަރުކަޒުގައި ތިބޭ އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކް އާއި ގުޅިގެން ކޭކް އެޅުމުގެ ކޯހެއް ވަނީ ބާއްވާފައިވާ ކަމަށާއި، މި ކޯސް 10 ފަރާތަކުން ފުރިހަމަކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

ހަމައެއާއިއެކު، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ކުރިއަށް ގެންދަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އެހެނިހެން ގިނަ ޕްރޮގްރާމްތަކެއް ކ. ގުރައިދޫ މަރުކަޒުގައި ބޭއްވުމަށް ރޭވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިމެނޭ ކަމަށެވެ.

މިއީ ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެއްކަން މިނިސްޓްރީން އިން ފާހަގަކުރިއެވެ.

މިނިސްޓްރީން ވަނީ އެ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އަދި އެހީތެރިކަން އުފަލާ ލޯތްބާއިއެކު ދިނުމަށް، މުޖުތަމަޢުގެ އެންމެހާ ފަރުދުންނަށް އިލްތިމާސްކޮށްފައެވެ.

1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެޙިއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 ފަރާތެވެ. މީގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީގޮތުން ބަލި 183 މީހުންނެވެ. އަދި މި ޖުމްލަ އަދަދުގެ ތެރެއިން 65 އަހަރުން މަތީގެ 31 ފަރާތެއްވެއެވެ. އޭގެ ތެރެއިން 15 ފަރާތެއް މިދިޔަ 6 މަސްދުވަހުގެ ތެރޭގައި ވަނީ އާއިލާތަކާއި ހަވާލުކުރެވިފައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.