އެމްއެންޑީއެފް ގެ އަސްކަރީ ތަމްރީނެއްގެ ތެރެއިން--
ހަބަރު
22 May 2024 | 14:35
ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދެފި

ކ.ގިރިފުށީގައި ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ އެ ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރި އިއުލާނެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ 18:15 އިން 21:00 އަށް ކ.ގިރިފުށީގައި އަސްކަރީ ތަމްރީނު ތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށާއި، މި ތަމްރީނުތަކަށް ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

  1. ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :  ރައިފަލް

  2. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 3000 މީޓަރު

  3. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300  މީޓަރު

  4. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ. ލެވެލް

  5. ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން:  ކ. ގިރިފުށިން ހުޅަނގު ދެކުނަށް

އެހެންކަމުން، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ