ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
23 May 2024 | 13:13
ސަރުކާރު ހިންގުން ހަރުދަނާ ކުރެއްވުމަށް ގެންނަން ޖެހޭ ބަދަލުތައް ރައީސް ގެންނަވާނެ: ހީނާ

ސަރުކާރުގެ ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް ނުވަތަ ބަދަލުކުރެވެނީ ސަރުކާރު ހިންގުން ހަރުދަނާކޮށް ފަސޭހަކުރުމަށް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

މި ހަފްތާ ތެރޭގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބި ބޭފުޅުން މަގާމުން ވަކިކޮށް ސަސްޕެންޑް ކުރެވިފައިވެއެވެ. 

އެގޮތުން، އެމްއެމްޕީއާރްސީގެ ޗެއާޕާސަން ޢާއިޝާ ނޫރައިން ޖަނާހް މިދިޔަ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ރައީސް މުޢިއްޒު ވަނީ އިއްޔެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މަގާމުން ވަކި ކުރައްވާފަ އެވެ.

އޭގެ ފަހުން އެޗްޑީސީގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހައިރުވެސް މަގާމުން ވަކިކުރައްވާފައިވާއިރު، ދެ ޑެޕިއުޓީ މިނިސްޓަރަކު ވަނީ ސަސްޕެންޑް ކުރައްވާފަ އެވެ.

އެކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެއްވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ ސަރުކާރު ހިންގުމުގައި ފަސޭހަވާގޮތަށް ކަންކަން ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތަކެއް ލިބިގެންވާކަމަށެވެ.

އޭގެތެރޭގައި ކުންފުނިތަކަށް ބޭފުޅުން އައްޔަނު ކުރުމާއި، އަދި މަގާމުގައި ހުންނަ ބޭފުޅުން ބަދަލު ކުރުމުގެ ކަންކަންވެސް ކުރެއްވުމަށާއި، ވުޒާރާތަކަށް ބޭފުޅުން އައްޔަނު ކުރުމުގެ ބާރު ވެސް ލިބިދޭ ކަމަށް ހީނާ ވިދާޅުވިއެވެ.

"އެގޮތުގެ މަތިން ސަރުކާރު ހިންގުމުގަ އެމަނިކުފާނަށް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށް ނުވަތަ އިތުރަށް ހަރުދަނާކޮށް ރަގަޅު ކުރުމަށްޓަކާ ކުރައްވަން ޖެހޭ ކަންތައްތައް އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ،" ހީނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.