ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 May 2024 | 14:36
މިނިވަން ކަމާއެކު އީޕީއޭއަށް މަސައްކަތް ކުރެވޭގޮތް ހެދުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނަން: ތޯރިގު

ތިމާވެއްޓާ ގުޅުންހުރި މައްސަލަތައް ބެލުމަށް އުފައްދާފައިވާ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މިނިވަން ކަމާއެކު އީޕީއޭއަށް މަސައްކަތް ކުރެވޭގޮތް ހެދުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ސަރުކާރުން ފޯރުކޮށްދޭނެ  ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު ތާރިގް މިފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން އަންގައި ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރަން ސުޕްރީމް ކޯޓުން ހުކުމްކުރިއިރު، އެ ހުކުމުގައި، އީޕީއޭ ބާރުވެރިކޮށް ގާނޫނީގޮތުން މިނިވަން ކުރުމާބެހޭގޮތުން ފަނޑިޔާރު ދެއްކެވި ވާހަކަފުޅާ ގުޅިގެން، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

"އަދިއެއް ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް،"

ވަޒީރު ތާރިގު ވިދާޅުވިއެވެ.

ވަޒީރު ތާރިގު ވިދާޅުވީ، އީޕީއޭ މިނިވަން ކުރުމުގެ ވިސްނުން ނެތް ނަމަވެސް މިނިވަން ކަމާއެކު އީޕީއޭއަށް މަސައްކަތް ކުރެވޭގޮތް ހެދުމަށްޓަކައި، އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދަމުންދާ ކަމަށެވެ.

"އީޕީއަށް ބޭނުންވާ މުހިއްމު މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ފޯރުކޮށްދެމުން، އެތަނަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އިކުއިޕްމެންޓްތައް ހޯދައިދީ އެތަނުން ވީހާވެސް އިންޑިޕެންޑެންޓްކޮށް މަސައްކަތް ކުރެވޭގޮތަށް،"

ވަޒީރު ތޯރިގު ވިދާޅުވިއެވެ.

އީޕީއޭ ގާނޫނީގޮތުން މިނިވަން ކުރުމުގެ ވާހަކަތައް ނިމިދިޔަ ސަރުކާރުން ދައްކާފައިވާއިރު، ސަރުކާރު ނިމުނުއިރު ވެސް އެކަން ކުރެވިފައެއް ނުވެއެވެ.

ރިޔާސީ ގަރާރަކުން 2008 ވަނަ އަހަރު އުފެއްދި އީޕީއޭ މިހާރު ހިންގަނީ އެންވަޔަރަމަންޓު މިނިސްޓްރީގެ ދަށުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.