އެމްޑީޕީގެ އިސްވެރިން-- ފޮޓޯ: އެމްޑީޕީ
ހަބަރު
23 May 2024 | 15:31
އިންތިހާބުތަކުން އެމްޑީޕީ ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށް ކޮމިޓީއެއް އުފައްދައިފި

އިންތިހާބުތަކުން އިދިކޮޅު އެމްޑީޕީ ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށްޓަކައި ކޮމިޓީއެއް އުފައްދައިފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ 2023 ރިޔާސީ އިންތިޚާބު އަދި 2024 ގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ނާކާމިޔާބު ވީގޮތް ދެނެގަތުމުގެ ދިރާސާކުރާ ކޮމިޓީ އެއް އުފެއްދުމަށް ނިންމާފައިވަނީ 1 މޭ 2024 ވަނަ ދުވަހުގެރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލިސްގެ 4 ވަނަ ދައުރުގެ 9 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އެހެންކަމުން،  މިކޮމިޓީއަށް މައުލޫމާތު ދެއްވަން ބޭނުންފުޅުވާ ބޭފުޅުންނާއި އަދި ޚިޔާލު ހުށައަޅުއްވަން ބޭނުންފުޅުވާ ބޭފުޅުން [email protected] އަށް މައުލޫމާތާއި ޚިޔާލު ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

2023 ވަނަ އަހަރު ރިޔާސީ އިންތިހާބުންވެސް އެ ޕާޓީގެ ކެނޑިޑޭޓް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު އިރު، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓި އޮތް އެޕާޓީ އަށް ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކަށަވަރު ކުރެވުނީ 12 ގޮނޑިއެވެ.

ކޮމެންޓް
ނިޡާޟާ
ތިހިރަ ޖެހިތަދުގެ ސަބަބުން ކޮމިޓީއަކުން ބަލާކަށްނުޖެހޭނެ މިބުނީ ވާގޮތް
23 May 2024
ފަސީހު
ހަމަ ފަޔާ މޮޅީ
24 May 2024
މުހައްމަދު ބެ
ޢެން.ޑީ.ޕީ އަށް ހެޔޮއެދޭތީ ބުނަން ކޮމެޓީ ހެދިޔަކަސް ތިކަމެއްނުވާނެ މެންބަރުންގެ އަޑުނާހަންޏަކާ...
25 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.