ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް-- ފޮޓޯ: ވޮއިސް
ހަބަރު
23 May 2024 | 17:30
މި އަހަރުގެ ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފަށަނީ

މި އަހަރުގެ ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފަށާނެ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ފާއިތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ތޯރިގް ވިދާޅުވީ، ބައިނަލްއަގުވާމީ ތިމާވެށިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖޫން މަހުގެ 5 ވަނަ ދުވަހު، ރާއްޖެއިން 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް އިފްތިތާހް ކުރެވިގެންދާނެ ކަމަށެވެ.

ވަޒީރު ތޯރިގް ވިދާޅުވީ، މީގެ މުހިންމު ކަމަކީ ތިމާވެށިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތި ދިޔުމުގެ ބޮރު ހީވެފައިވާ ގަސްގަހާއިގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަ ކުރުން ކަމަށެވެ.

މި މަޝްރޫއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ރިޔާސީ ވައުދެއް. 5 މިލިއަން ގަސް 5 އަހަރުގެ ތެރޭގައި އިންދެވުން. 

ވަޒީރު ތޯރިގު ވިދާޅުވިއެވެ.

މި މަސައްކަތުގެ ތެރެއިން މަޝްރޫއުގައި އިންދުމަށް އަހަންމިޔަތުކަންދޭ ގަސްގަހާއިގެހި ދެނެގަނެ، ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ގަސް އިންދާނެ ސަރަހައްދުތައް ފާހަގަކޮށް، ގަސްތަކަށް ނާސަރީ ހަދާނެ ސަރަހައްދުތައް ކަނޑައަޅައި، ނާސަރީ ގާއިމު ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވަޒީރު ތޯރިގް ވިދާޅުވިއެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ހަތަރު ކެޓަގަރީއެއްގެ ގަސް ހޮވާފައިވާކަމަށާއި، އޭގެ ތެރޭގައި ނެތިގެންދިޔުމުގެ ބިރު ހީވެފައިވާ ގަހާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަހާއި، ދިވެހި ރާއްޖޭގެ ބޭސްވެރިކަމަށް ބޭނުންވާ އެކި ބާވަތުގެ ގަހުގެ އިތުރުން މާގަސް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.