އަބްދުއްރަޙީމް - ފޮޓޯ: ވޮއިސް
ހަބަރު
23 May 2024 | 21:36
އަޅުގަނޑާ ރައީސް މުޢިއްޒާ ދޭތެރޭ މައްސަލައެއް ނުޖެހޭނެ: އަބްދުއްރަޙީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ މައްސަލައެއް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ މާޒީއަށް ބެލިނަމަވެސް އެއްވެސް މައްސަލައެއް ދިމާނުވެ ޕާޓީއާއި ސަރުކާރު ހިންގޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޔަޤީންކަން އެބައޮތްކަމަށެވެ.

އަމިއްލަފުޅު ތަޖުރިބާގެ އަލީގައި އަބްދުއްރަޙީމް ވިދާޅުވީ ސަރުކާރާ މެންބަރުންނާ ދެމެދު މައްސަލަތައް ދިމާވަނީ މެންބަރުންނާއި ރައީސާ ބައްދަލުނުކުރެވި ގިނަ ދުވަސްވާތީކަމަށެވެ. އަދި ވިހިވަނަ މަޖިލީހުގެ ޕާލިމަންޓްރީ ގްރޫޕާއި ރައީސުލްޖުމްހޫރިއްޔާއާއި ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުމުގެ ސަބަބުން،  ކޮންމެ މެންބަރަކަށްވެސް ރައިސުލްޖުމްހޫރިއްޔާއާއި ވާހަކަ ދެއްކޭނެ ކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑާ ރައީސް ޑރ. މުޢިއްޒާ ދޭތެރޭ އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ދިމާ ނުވާނެ. މަޖިލީހާ ސަރުކާރާ ޖެހޭކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އެއަށްވުރެ ބޮޑަށް ގުޅިގެން އެކީގައި މަސައްކަތްކުރާނީ. އޭގެ މާނައަކީ ދެބާރު އެއްވަނީއެކޭ ނޫން." 

ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މިރޭގެ ޕްރޮގްރާމުގައި ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރު ހިންގާ ޕާޓީއަށް ދިނީ ރައްޔިތުންގެ އުންމީދުތަކެއް އެޕާޓީއާއި މިހާރުގެ ވެރިކަމާއި، އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާއާއި ގުޅިފައިވާތީކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރުމަކީ އަމާޒަކަށް ވާނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.  

"ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މަަސައްކަތްތްތައް ބައްޓަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް. ޚާއްސަކޮށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑަިއގަންނަވާ މެންބަރުންނާ، އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާ މެންބަރުންވެސް. އަޅުގަނޑުމެންގެ މުޅި އަމާޒަކަށް ވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ މި މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކާ އަޅުގަނޑުމެންގެ ފަރާތުން (ރައްޔިތުންގެ މަޖިލީހުގެ ފަރާތުން) ދޭން ޖެހޭ އެހީތެރިކަމާ އެއްބާރުލުން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގަ ހަމަޖެހިފަ އޮންނަ އުސޫލާ ހަމަތަކުގެ މަތިން ފޯރުކޮށްދިނުން. "

އަބްދުއްރަޙީމް ވިދާޅުވިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ހަމަޖައްސަވާފައިވާއިރު، 75 ގޮނޑިއާއެކު، މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީއިން ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ބޮޑު އަޣްލަބިއްޔަތާއެކު، ސަރުކާރާ ގުޅިގެން މަސައްކަތް ކުރުން، އެއްވެސް ދަތިކަމަކަށް ނުވާނެ ކަމަށާއި، ބައިބައިވުމަށް ޖާގައެއް ނޯންނާނެ ކަމަށްވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.