މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުالله (އަދުރޭ): ފޮަޓޯ/ ޕީއެންސީ
ހަބަރު
24 May 2024 | 10:23
ދެން ފެނިގެންދާނީ “އިއްޒަތްތެރި” ކިޔަން ޖެހޭ ކަހަލަ މެންބަރުން: އަބްދުއްރަޙީމް

20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ “އިއްޒަތްތެރި” ކިޔަން އެކަށޭނަ މެންބަރުން އުޅޭ މަޖިލީހަކަށް ކަމަށް މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި މަޖިލީހުގެ އަގު މިހާރު ވަނީ ވަރަށް ބޮޑުތަނުން  ވެއްޓިފައި ކަމަށެވެ. އެހެން ދިމާވެފައިވަނީ ނިމިދިޔަ މަޖިލިސް ތަކުން ފެނިފައިވާ މަންޒަރު ތަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް އިރު، އެ މެންބަރުންނާއި އޭރުގެ ރައީސުލްޖުމްހޫރިއްޔާވެސް އިސްކުރެއްވީ ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން މަޖިލީހުގެ ތެރެއިން ކުރެވިގެން ނުދިޔަ ކަމަށެވެ.

އެހެން ނަމަވެސް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ ހޯދާފައިވާ ޕީއެންސީގެ މަޖިލީސް މެންބަރުން އެކަން ބަދަލުކޮށް ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒާއި މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ ޕީއެންސީ މެންބަރުންވެސް އަމިއްލަ މަސްލަހަތަށް މަސައްކަތް ނުކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މިއާއެކު، އަދުރޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިހާރު ރައްޔިތުންގެ މަޖިލީހަށް ގެއްލިފައި އޮތް އިތުބާރު އަލުން ހޯދާނެ ކަމަށެވެ. އަދި އެ މަޖިލީހުގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް އޭނާ ވުދާޅުވިއެވެ. 

އަދުރޭ ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ދާދި ފަހުން އިންތިހާބުވެވަޑައިގަތް މެންބަރުންގެ ކިބައިން އަހުލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތައް ފެނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

“މަޖިލީހަށް ހޮވުމާއި އެކު، އޭނާއަށް މުޚާތަބު ކުރަންވާނީ ‘އިއްޒަތްތެރި މެންބަރު’ ކަމަށް އެބަ ގާނޫނުން ލާޒިމްކުރޭ. ނަން ކިޔަންޖެހޭ ކޮންމެ ފަހަރެއްގައި އިއްޒަތްތެރި މެންބަރު ކިޔަންޖެހޭ. އެހާ އިއްޒަތްތެރި ބަޔަކަށް ހަމަތަކެއް އޮންނާނެ. އޭނަ އުޅެންޖެހޭ އުސޫލުތައް ިއޮންނާނެ. އަހުލާގީގޮތުން ހިފަހައްޓަންޖެހޭ ގޮތްތަކެއް ހުންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދާނީ އެ އިއްޒަތްތެރި މެންބަރު ކިޔަން ޖެހޭ ކަހަލަ މެންބަރުންތަކެއް އުޅޭ މަޖިލީހެއް. މި މަޖިލީސް ނުވާނެ ސަރުކާރަށް ދަތިކުރާ މަޖިލީހަކަށް”

އަބްދުއްރަހީމް އަބްދުالله (އަދުރޭ) 

އަދުރޭ ވިދާޅުވީ، ތިންބާރު ވަކިވެފައި އޮތުމުގެ މާނައަކީ އެއްބާރުން އަނެއް ބާރަށް އަރައިގަތުން ނޫން ކަމަށެވެ. އެހެނެއް ކަމަކު އެއީ އެއްބާރުން އަނެއް ބާރަށް ދޭން ޖެހޭ އެއްބާރުލުން ދެމުން، އެއްބާރުން އަނެއް ބާރަށް ފާރަވެރިވުން ކަމަށްވެސް އޭނާ ވިދާޅުވުއެވެ.

ކަންމިހެން ހުރި ނަމަވެސް، 19 ވަނަ މަޖިލީހުން ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ، ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން މަސައްކަތް ކުރި ތަން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން، އެ ަމަޖިލީހުގެ ދައުރު ވެފައިވަނީ ދިވެހި ތާރީހުގައިވެސް ކެބިނެޓްގެ ބައެެއް ވަޒީރުންނަށް ރުހުން ދިނުމަށް އިންކާރު ކުރި ފުރަތަަމަ މަޖިލީހަށް ކަން އަދުރޭ ފާހަގަކުރެއްވި އެވެ. އެއާއި ހިލާފަށް މިފަހަރު އިންތިހާބުވި މެންބަރުން މަސައްކަތްކުރައްވާނީ ރައީސް މުއިއްޒުގެ މެނިފެސްޓޯއަށް އެއްބާރުލުން ދޭނެ މަޖިލީހަކަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.