ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދުގައި އެހީތެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
25 May 2024 | 10:36
ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަނޑައިގެން ގޮސް 300 އަށް ވުރެ ގިނަ މީހުން ތާށިވެފައި!

ޕަޕުއާ ނިއު ގިނީގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއް ހިގައި، 300 އަށް ވުރެ ގިނަ މީހުން ބިންގަނޑުގެ އަޑީގައި ތާށިވެއްޖެއެވެ.

ޕަޕުއާ ނިއު ގިނީގެ އުތުރުގައި އޮންނަ އެންގާ ޕްރޮވިންސްގެ ކައޯކަލަމް އަވަށުގައި ހިނގި މި ހާދިސާގައި 1،100 ގެ ވަޅުލެވިފައިވާއިރު، އެތައް ސަތޭކަ ބަޔަކު މަރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް އެގައުމުގެ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.

އޮސްޓްރޭލިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭއިރު، އެ ސަރަހައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، މީހުން ހޯދުމުގައި ހަރަކާތްތެރި ވަމުންދާ ޓީމްތަކަށް މިހާތަނަށް ހަތަރު ހަށިގަނޑު ވަނީ ފެނިފައެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދަށް އެއްގަމު މަގުން ދަތުރުކުރުން ބަންދުވެފައިވާތީ، އެ ސަރަހައްދާއި ހިސާބަށް ހަމައެކަނީ ދެވެނީ ހެލިކޮޕްޓަރުގެ ޒަރީއާއިންނެވެ.

މިކަމާއި ގުޅިގެން އދ ގެ އޮފިޝަލް ސެރްހާން އަކްޓޮޕްރަކް ވިދާޅުވީ، އެ ސަރަހައްދަކީ 3،000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުން އައި ސަރަހައްދެއް ކަމަށާއި، ބިންގަނޑު ކަނޑައިގެން ދިޔުން އަދިވެސް ނުހުއްޓޭތީ، ވަޅުލެވިފައިވާ މީހުން ހޯދުމަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން ގެންގުޅެމުން އައި ދިރޭތަކެތީގެ ފާމްތަކާއި އެނޫން ވެސް އެހެން ދަނޑުތަކާއި ސާފު ފެން ލިބޭނެ ހުރިހާ މަގެއް ވަނީ ބަންދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.