ވަޒީރު އާދަމް ނަސީރު އިބްރާހިމް-- ފޮޓޯ: ވޮއިސް
ހަބަރު
25 May 2024 | 12:03
ތަރިކައިގެ ކޮލެޖް ޤާއިމްކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން: ވަޒީރު އާދަމް ނަސީރު

ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމު ކުރުމުގެ އެންމެފަހު މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމު ކުރުމުގެ ކަރުދާހީ މަސައްކަތް ނިމިފައިވާކަމަށާއި، އެ މަސައްކަތް މިހާރު އޮތީ ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާއި ހިސާބުގައި ކަމަށެވެ.

"ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމު ކުރުމުގެ މަސައްކަތް އޭގެ ކަރުދާހީ މަސައްކަތް ނިމި، ކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމާއި ހިސާބުގައި މިހާރުއޮތީ، އަޅުގަނޑުމެން އެމަސައްކަތް ކުރަމުން އެބަ ގެންދަން."

ވަޒީރު ނަސީރު ވިދާޅުވިއެވެ.

ހަމައެއާއިއެކު، އެ ކޮލެޖްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައެއް މުގައްރަރުތައް ނިމިފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނޭ ތާރީހާއި ބެހޭ މުގައްރަރު ވެސް އެކުލަވާލައި ނިމިފައިވާކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ ދިވެހި ބަހާއި ތަރިކަ ދިރުވާ އާލާކުރުމަށްޓަކައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވުޒާރާއިން އަންނަނީ މައިގަނޑު ތިން މަޝްރޫއުއެއް ހިންގަމުންކަމަށާއި، އޭގެ ތެރޭގައި ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް، ދިރާސާ ކުރުމަށް ހާއްސަ މަރުކަޒު އަދި ގައުމީ ޗާޕްހާނާ ގާއިމް ކުރުމުގެ މަޝްރޫއު ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.