ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް-- ފޮޓޯ: ވޮއިސް
ހަބަރު
25 May 2024 | 12:56
ކުރީގެ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރަނީ

ކުރީގެ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވިދާޅުވީ، އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމް އަކަށް ބަދަލުކުރުމުގެ އިތުރުން ރަސްރަނި ބަގީޗާ އިން ރޭގަނޑު އިމާސިވް އެކްސްޕީރިއަންސް ލިބޭފަދަ ތަނަކަށް ބަދަލުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.

މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ބޭރުގެ ބައެއް ފަރާތްތަކާއި ވާހަކަދެއްކި، ކަމާ ބެހޭ ލިޔެކިޔުންތައް ފޮނުވިފައިވާ ކަމަށާއި، އެ މަސައްކަތް ހިނގަމުންދާކަމަށް ވަޒީރު ނަސީރު ވިދާޅުވިއެވެ.

"ކުރީގެ އުސްގެކޮޅު އިންޓްރެކްޓިވް މިއުޒިއަމް އަކަށް ބަދަލުކުރުން. ހަމައެއާއިއެކު، މުޅި ޕާކު، ރަސްރަނި ބަގީޗާ އިމާސިވް އެކްސްޕީރިއަންސް އަކަށް ލިބޭ ގޮތަށް ރޭގަނޑު ބަދަލުކުރުން. އެހެންވީމަ އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން ބޭރުގެ ބައެއް ފަރާތްތަކާއި ވާހަކަދެއްކި، ކަމާ ބެހޭ ލިޔެކިޔުންތައް ފޮނުވިފައިމިވަނީ. އެ މަސައްކަތް ހިނގަމުންއެބަދޭ."

ވަޒީރު ނަސީރު ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓްރެކްޓިވް މިއުޒިއަމް ހަދާއިރު، ރާއްޖޭން އެކަމާއި ބެހޭ ފަންނީ އެހީތެރިކަމާއި އެކަމާއި ބެހޭ ޕްރޮޕޯސަލެއް ހެދުމަށްވެސް ވަރަށް ދަތިކަން ފާހަގަކުރައްވާ ވަޒީރު ނަސީރު ވިދާޅުވީ، މި މަސައްކަތް ކުރިއަށްދާނީ ކަމާއި ބެހޭ  ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކީގައި ކަމަށެވެ.

ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއި އެކު މި މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވިގެންދާނީ ދިވެހިންނަށް ބޭނުންވާގޮތަށް، ދިވެހިންގެ އަސްލުވަންތަކަން އޭގައި ހިމެނޭގޮތަށްކަމަށް ވަޒީރު ނަސީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.