ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް-- ފޮޓޯ: ވޮއިސް
ހަބަރު
25 May 2024 | 14:20
ޅެން ފަރުވާގެ ކްލިނިކާއި "ށ"އިން ފެށޭ ބަސް ހަދާ ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗްގައި ޅެން ފަރުވާއަށް ކްލިނިކެއް ގާއިމްކުރާ ވާހަކައާއި "ށ"އިން ފެށޭ ބަސްތަކެއް އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި  ފަތުރަމުން އަންނަ ވާހަކަތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު އިބްރާހީމް ދޮގުކުރައްވައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނަސީރު ވަނީ އާމްދަނީ ހޯދުމަށްޓަކައި ދޮގު ފަތުރާ ބައެއް ބްލޮގްތައް ހުންނަކަން ފާހަގަކުރައްވާފައެވެ. ވެބްސައިޓްހެން ހީވާ މިފަދަ ތަންތަނުގައި ލިޔާ ލިޔުންތަކުގެ ސަބަބުން ވަރަށް ބޮޑަށް އޮޅުންއަރާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިގޮތުން، ފާއިތުވެ ދިޔަ ހަފްތާގައި އެފަދަ ދެ ދޮގު ވާހަކައެއް ދެކެވުނުކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.

"ވޭތުވެދިޔަ ހަފުތާގައި ދެކެވުނު ދެ ވާހަކައެއް. އެއްވާހަކައަކީ އައިޖީއެމްއެޗްގައި ކްލިނިކެއް ހަދާ ވާހަކަ. އެއީ ދޮގެއް. މިވުޒާރާ ދެވަނަ ވާހަކައަކީ ވާހަކައަކީ 'ށ'އިން ފެށޭ ބަސްތަކެއް ލަފުޒުތަކެއް އުފައްދަން އުފައްދަން އަޅުގަނޑު ޕީއެސްއެމްއަށް އިންޓަވިއުއެއް ދެއްވި ވާހަކަ. ރެކޯޑިން ބެއްލެވީމަ އެނގިލައްވާނެ އެ ނެތްކަން. އެއީ އަޅުގަނޑު ނުދައްކާ ވާހަކައެއް." 

ވަޒީރު ނަސީރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކުގައިވާގޮތުން، ޅެމުން ނަފުސާނީ ބަލިތަކަށް ފަރުވާ ދޭނެ ކްލިނިކެއް އައިޖީއެމްއެޗްގައި ހެދުމަށްޓަކައި ވަޒީރު ނަސީރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފައިވާކަމަށާއި، ދައުރު ނިމުމުގެ ކުރިން 'ށ'އިން ފެށޭ ފަސް ބަހެއް ހެދުމަށް އެ ވުޒާރާއިން ވަނީ ނިންމާފައިއެވެ.

އެކަމާއި ގުޅޭ ގޮތުން އެތައްބަޔަކު ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާއިރު، ދާދި ފަހުން ތަރިކައާއި ބެހޭ ވުޒާރާއިން ވަނީ "ޕޮއެޓްރީ ތެރަޕީ"އަށް ދިވެހި ނަމެއްގެ ގޮތުގައި "ޅެން ފަރުވާ" ފާސްކޮށް އެ ކަމާ ގުޅޭ ދިރާސާ ހެދުމުގެ މަރުހަލާ ފެށުމަށް ނިންމާފައެވެ.

ކޮމެންޓް
ކިލަމަން
ޅެންފަރުވާ ދިރާސާކުރަނީ ފަރުވާ ދޭކަށް ނޫންތަ؟
25 May 2024
އިޒްވާ
ފާޑުކިޔުން ބޮޑުވީމަ ޅެންފަރުވާ ވެސް ނުކުރަން ނިންމީ؟ އެއީ އެކަމު ދިރާސާ ކުރަން ފެށިކަމެކޭ؟
25 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.